ރައީސް ޑރ. މުޢިއްޒުގެ ޚާރިޖިއްޔާއިން ރައީސް ނަޝީދަށް ބޮޑު ފުރައްސާރައެއް ކޮށްފި.

މިލައުތުރު | 22 ސެޕްޓެމްބަރ 2025 | ސިޔާސީ
1

އދ. ގެ މައި މަރުކަޒަށް ވަނުމަށް ބޭނުންވާ ފާސް ހޯދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން ދިވެހި ޚާރިޖީ ވުޒާރާއިން ކުރަން ޖެހޭ ކަންކަން ކުރުމަށް އިންކާރުކޮށް އެ މަނިކުފާނަށް ފުރައްސާރައަކަށް ވާގޮތަށް އަމަލުކޮށްފި އެވެ.

އދ. ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ނަޝީދު މިވަގުތު ހުންނެވި ނިއުޔޯކުގަ އެވެ. ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް އެ ތަނަށް ވެންނެވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެމަނިކުފާނުގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވެއެވެ. އަދި އަބަދުވެސް ދިވެހި ދިދަ އާއި ނިޝާން ޖެހި ފާހުގައި ތަމްސީލުވާން ނަޝީދު އެދިވަޑައިގަންނަވާ ކަމަށާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެ ފާސް ހޯދުމަށް އެދިވަޑައިގަތީ އެ ސަބަބާ ގުޅިގެން ކަމަށް ރައީސް ނަޝީދުގެ އޮފީހުން ވިދާޅުވި އެވެ.

Advertisement

ރައީސް ނަޝީދަކީ ދައުލަތަށާއި ސަރުކާރުގެ ވެރިކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ދައުލަތުގެ ޢިއްޒަތްތެރި އެކެވެ. އެފަދަ މަޤާމްތައް ލިބިވަޑައިގެންފައިވާ ބޭބޭފުޅުން، އެ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމެއްގެ ފުށުން ހައިސިއްޔަތުން ލިބިވަޑައިގެން، ބައިނަލްއަގުވާމީ ރަސްމީ ޖަލްސާތަކާއި، ހަފްލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގުވާމީ ދަނޑުގެ އާދަކާދައެއް ކަމަށް ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

W Waliyyu
އާދެ، އެކަން އޮންނަނީ އެހެން. ނަމަވެސް އެއީ އެ ޤައުމެއްގެ ދައުލަތާއި ސަރުކާރުގެ ދަތުމާއެކު އެ ޤައުމެއް ތަމްސީލުކުރައްވަން ވަޑައިގަންނަވާ ޙާލަތްތަކުގައި އެކަން ކޮށްދެއްވަންވާނީ!!