މިލައުތުރު

ޤާނޫނު ހަދާ މަޖިލީސް ހޭލައިފި، 8 މެމްބަރަކު ޤާނޫނު ކިޔެވުމަށް އައިޔޫއެމްއަށް

ގާނޫނު ހަދާ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ޝަރީޢަތާ ޤާނޫނު ކިޔަވާ ވިދާޅުވުމަށްޓަކައި އިސްލާމިކް ޔުނިވާރސިޓީއާ ގުޅިގެން ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުން، މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ މަޖިލީހުގެ ޖުމްލަ 8 އިއްޒަތްތެރިން މެމްބަރުންނެވެ. އިލްމީ މަޖިލީހަކަށް މަޖިލީސް ހެދުމަށްޓކައި ހިންގުމަށް ރޭވިފައިވާ މި ޕްރޮގްރާމް ކުރިއަށް ދާނީ އެއްއަހަރު ދުވަހުގެ މުއްދަތަށް ކަމަށް އިސްލާމިކް ޔުނިވާރސިޓީން މައުލޫމާތު ދެއްވާފައިވެއެވެ.

ރައްޔިތުން މަޖިލީހުގެ މި ޚާއްޞަ ޕްރޮގްރާމާ ގުޅިގެން ސޯޝަލް މީޑިޔާގައި ޢާންމު ރައްޔިތުންދަނީ  ސީދާގޮތުންނާއި ނުސީދާގޮތުން މިކަމަށް ހަޖޫ ޖަހައި މަލާމާތްކުރަމުންނެވެ. ސޯޝަލް މީޑިޔާގައި ބައެއް މީހުން ހިއްސާކޮށްފައިވާ ޝުޢޫރުތަކަށް ބަލާއިރު، ޑޮކްޓަރެއްގެ ވަޒީފާ ލިބިއްޖެނަމަ، މެޑިސިން ކިޔަވާނެ ކަމަށް ބުނެފައިވެއެވެ. އެހެން މީހަކު ބުނެފައިވަނީ، ޕައިލެޓުކަމުގެ ވަޒީފާއެއް ހަމަޖެހިއްޖެނަމަ، މަތިން ބޯޓު ދުއްވަން ދަސްކުރާނެ ކަމަށެވެ.

 ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމަށްޓަކައި މަތީ ތަޢުލީމު ހޯދައިފައިވުން ރާއްޖޭގެ ޤާނޫނުއަސާސީގައި ޝަރުޠުކޮށްފައި ނުވެއެވެ. އެހެންނަމަވެސް، ދިވެހި ގިނަ ރައްޔިތުން ޤަބޫލުކުރާގޮތުން ރައްޔިތުންގެ މަޖިލީހުގައި ތިބެންޖެހެނީ ކިޔަވައިގެން ތިބި ތަންދޮރު އެނގޭ މީހުންނެވެ. މިކަން މިހެންއޮތަސް، ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ބަޔަކު މަޖިލީހަށް ކުރިމަތިލައިފިނަމަ ދިވެހިން އެބަޔަކު ފެއިލްކޮށްލައެވެ. ހޮވޭނެ ބަޔަކު މަޖިލީހަށް ހޮވުމުން، ދައުރު ނިމެންދެން  ރަތްމަހަށް ނުގޮވާ ވަރަށް މެމްބަރުންނަށް ފާޑުކިޔުމަށްފަހު ދެންވެސް މަޖީލީހަށް ހޮވަނީ އެކިޔާ ނުކިޔަވާ ތިބި، އާޖުފާޖުވެސް ނޭނގޭ މީހުންނެވެ.