އީރާނަށް އޮތީ އެމީހުންގެ ނިއުކްލިއަ މަޝްރޫޢު ހުއްޓާލުން ނޫނީ ވޭންދެނިވި ޙަމަލާއާ ކުރިމަތިލުން ކަމަށް ވިދާޅުވެ އިންޒާރުތައް ދެއްވުމަށް ފަހު، އެންމެ ފަހުން ޙަމަލާ ނުދޭން ނިންމަވައިފިއެވެ.
މުޅި ދުނިޔެއާ އިޤްތިޞާދީ ހަނގުރާމައެއް ކުރަމުން ގެންދާ އެމެރިކާއަކީ ދުނިޔޭގެ ސުޕަރ ޕަވާގެ ގޮތުގައި އޮންނަތާ ޒަމާންތަކެއް ވެއްޖެއެވެ. އަދި ނިއުކްލިއަ ހަތިޔާރުގެ އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނެއެވެ. އަދި އެމީހުން ޤަބޫލުކުރާ ގޮތުގައި އިތުރު އެއްވެސް ޤައުމަކަށް ނިއުކްލިއަ ހަތިޔާރު އުފެއްދިގެން ނުވާނެއެވެ. އީރާނާ ދެކޮޅުވެރިވާ މައިގަނޑު އެއް ސަބަބަކީ ވެސް އެއީ އެވެ.
އެމެރިކާގެ ހުށަހެޅުންތަކަށް އީރާނުން ފާޅުގައި ބުނީ ނޫނެކޭއެވެ. އަދި އެއްވެސް މެދުވެރިއެއް ނެތި އެމެރިކާއާ ސީދާ ވާހަކަދައްކަން ބޭނުން ނުވާކަމަށާއި، އެމީހުންގެ ނިއުކްލިއަ މަޝްރޫޢާ ގުޅޭ ގޮތުން ހަދާނެ އެއްވެސް ޑީލެއް ނެތްކަމަށާއި، އެމެރިކާއަކީ އިތުބާރު ކުރެވޭ ޤައުމެއް ނޫން ކަމަށް ބުނެފައެވެ.
އީރާންގެ ސިފައިންގެ އިސް ކޮމާންޑަރު ބުނެފައިވަނީ އީރާނަށް ޙަމަލާއެއް ދީފައި އެއްވެސް ބަޔަކަށް ފިލައިގެން ނުދެވޭނެ ކަމަށާއި، ޖެހި ވަރަށް ވުރެ ބާރަން ޖަހާނެ ކަމަށެވެ. އަދި އީރާނުގެ ހަތިޔާރުގެ ކުރިއެރުންތަކާ ތައްޔާރީތައް ދައްކާލުމުން ޚުދު އެމެރިކާ ވެސް ފިނިވެއްޖެއެވެ. އަދި ހަމަ އެހެންމެ ރަޝިޔާ އާއި ޗައިނާއިން އީރާނަށް އެހީތެރިވާނެ ކަން އެނގޭތީ، އެމެރިކާ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އަދި ހަމަ އެހެންމެ ގިނަ ޤައުމުތަކުން މިފަހަރު ތާއީދުކުރަނީ އީރާނަށެވެ. އެމެރިކާއަށް އޮތީ މުޅިންހެން ނަފުރަތާ ރުޅިވެރި ކަމެވެ.
One Reply to “އީރާނަށް ޙަމަލާ ނުދޭން އެމެރިކާގެ ރައީސް ޑޮނާލްޑް ޖޭ ޓްރަމްޕު ނިންމަވައިފި.”
Nasee
100%. Wufaa vehje