ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުގައި ހިނގަމުންދާ މުރިމަތިލުންތަކުގައި އިޒްރޭލް ސިފައިންގެ ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ދީ 5 މީހުން މަރާލައިފިއެވެ.
މިއީ މިފަހަކަށް އައިސް އިޒްރޭލަށް ލިބުނު އެންމެ ބޮޑު ގެއްލުން ކަމުގައި ޚުދު ޔަހޫދީ ދިފާޢީ މުޒާރާ އިން ވެސް އެއްބަސްވެއެވެ. އިޒްރޭލް ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިޑީއެފްގެ 5 މީހުން މަރުވެ އިތުރު 12 މީހަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށެވެ.
އަދި ބޮޑުވަޒީރު ނަތަންޔާހޫ ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އަދި އިތުރަށް ބުނެފައިވަނީ މިހާރު ޣައްޒާގައި ކުރަމުންގެންދާ ހަނގުރާމައަކީ އުނދަގޫ ހަނގުރާމައެެއް ކަމަށާއި، އައިސިސް ބޭނުންކޮށްގެން ވެސް ހަމާސް އާއި ދެކޮޅަށް ޢުދުވާނުތައް ހިންގާ ކަމަށާއި، އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.