މިލައުތުރު

ސްޓެލްކޯ އިން ކަނޑަނީ ކަރަންޓް އެކަންޏެއް ނޫން، އުސޫލާ ޚިލާފަށް މުވައްޒަފުން ވެސް ކަނޑާކަން ހާމަވެއްޖެ.

ވަޒީފާ އާއި ބެހޭ ޤާނޫނާ ކުންފުނީގެ ޤަވައިދާ ހިލާފަށް ވަޒީފާއިން ކަނޑާލި މުވައްޒަފަކަށް އަލުން އަނބުރާ ވަޒީފާ އިއާދަކޮށްދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި ދިޔަ މަހު ސްޓެލްކޯގެ މައްޗަށް އަމުރުކޮށްފިއެވެ.

އެ މުވައްޒަފަކީ 2021 ވަނަ އަހަރުން ފެށިގެން ވަޒީފާގައި އުޅެމުންދިޔަ މީހެއް ކަމަށާއި، ވޭތިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ވަޒީފާއިން ވަކިކުރީ ޤަވައިދާ ޚިލާފަށް ކަމަށް ވާތީ، އޭނާ ސްޓެލްކޯއާ ދެކޮޅަށް ދައުވާ ކުރީއެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ރީޑިން ނަގަން ގޭގެއަށް ދިއުމުގެ ބަދަލުގައި، އެ ގޭގެއަށް ގުޅައި މީޓަރުގެ ފޮޓޯ ފޮނުވަން ބުނާ ކަމުގެ ޝަކުވާތަކެއް ލިބުމުން ކަމަށް މައްސަލަ ނިމުނު ގޮތުގައި ރިޕޯޓުން ހާމަވެއެވެ. ނަމަވެސް އެ މައްސަލައިގައި އޭނާއާމެދު ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައި، ވަޒީފާ އަލުން ރުޖޫއަކޮށްދިނުމަށާއި، 6 މަސް ދުވަހުގެ މުސާރައަށްވާ 69،720 ރުފިޔާ ދިނުމަށް ވަނީ އަމުރުކޮށްފައެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟