ދިވެހިރާއްޖޭގައި ހެޔޮލަފާ ވެރިކަމެއްގެ ޙަޤީޤީ މަންޒަރުތައް ރައްޔިތުންނަށް މިއަދުވެސް ފެނި ކަށަވަރު ވާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ޖޫން 1 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ޓެރިފް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި، މިއަދު ކަރަންޓް ކެނޑުމުން މާތްވެގެންވާ މައްކާގައި ހުންނަވައި، މައްސަލަ ޙައްލުކުރެއް ވުމަށް މަސައްކަތްޕުޅު ކުރެއްވުމަކީ ކޮންމެ ކޮންމެ ވެރިޔަކަށް ކުރެއްވޭނެ ކަމެއް ނޫންކަމަށެވެ. ފަހުމީ މި މޭރުުމުން ވާހަކަފުޅު ދެއްކެވީ ސޯޝަލް މީޑިޔާގައި ފާޅުކުރެއްވި ޝުޢޫރުތަކެއްގައެެވެ.
ރައްޔިތުންގެ އިހުސާސްތައްް ވަރަށް ގާތުން ބައްލަވާ އަޑުއައްސަވާ ކަމަށާއި، އާންމު ރައްޔިތުންގެ މާލީ ޙާލަތަށް ބައްލަވާ ކަރަންޓުގެ އަގު ކުޑަކުރި މިއީ ފުރަތަމަ ސަރުކާރު ކަމަށެވެ. އެގޮތުން ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނައުމަކީ ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި ނިންމެވި މުހިންމު ކަމެއް ކަމަށެވެ. އަދި ކަރަންޓުގެ ޓެރިފްތައް ދަށްކޮށްދެއްވި ކަމަށްޓަކައި، އެމްޑީ ފަހުމީ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.