މިލައުތުރު

ރައީސްއަށް ބައްދަލުކުރެވުނީ ”ފޭކް“ ޕްރިންސެއްކަން ޝައްކެއްނެތް މިންވަރަށް ކަށަވަރުވުމުން ވެބްސައިޓުން ޚަބަރު ނަގައިފި.

މީގެ ދުވަސްކޮޅެއް ކުރިން ވަރަށް ބޮޑަށް ފެތުރިގެންދިޔަ އެއް ވާހަކަ އަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ބޮޑު ސްކޭމެއްގައި ޖެހުނު ވާހަކައެވެ. އެ ވާހަކައިގެ ތެދުކަން ކަށަވަރުވުމުން އެ ޚަބަރު ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ނަގައިފިއެވެ.

ސައުދީ އަރަބިޔާގެ ޝާހީ އާއިލާގެ މެންބަރެއްގެ ގޮތުގައި ޕްރިންސް ފަހަދު އަލްޝަނަލް ނަމަކަށް ކިޔާ މީހަކު ރައީސާ ބައްދަލުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އަދި ސައުދީ ޕްރިންސަކަށް އަރުވަންޖެހޭ އެންމެ މަތީ ދަރަޖައިގެ މެހެމާންދާރީ އާއި ޢިއްޒަތް ވަނީ އަރުވާފައެވެ.

ސައުދީ އެމްބަސީއަ ކުރިންވެސް އެއީ ޝާހީ އާއިލާގެ މެންބަރެއްކަން ޔަޤީންނުވާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފާޑުކިއުންތައް އަމާޒުވެފައި ވެއެވެ. އަދި ސައުދީ ސަރުކާރުގެ ފަރާތުން ވެސް އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާ ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ވެސް ޚަބަރުތައް ފެތުރުނެވެ.

މިއީ ޙަޤީޤަތެއް ކަމަށްވާނަމަ ރާއްޖޭގެ އިންޓަލިޖެންސް ކޮބާހެއްޔެވެ. ބޭރު ޤައުމެއްގެ ބަޔަކު އައިސް ރައީސުލްޖުމްހޫރިއްޔާ ސްކޭމްކޮށްލާފައި ދެވިގެން ނުވާނެއެވެ. އެއަށް ވުރެ ދިވެހި ދައުލަތް ހުޝިޔާރުވާން ވާނެއެވެ. މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކުރުމެއް ނެތި ކުއްލިއަކަށް ވެބްސައިޓުން އެ ޚަބަރު ޑިލީޓް ކޮށްލައިފިއެވެ.