ބްރޯޑްކޮމްގެ “ބްރޯޑް ޑޭލައިޓް” ޗަރުކޭސްގައި އައިޓީ އޮފިސަރު ފަޒީލް އަނެއްކާ ސަސްޕެންޑް ކޮށްފި.

މިލައުތުރު | 30 މޭ 2025 | ޚަބަރު
3

ބްރޯޑްކޮމްގެ “އައިޓީ ހީރޯ” ފަޒީލް ސަބަބު އެންގުމަކާ ނުލާ އަނެއްކާ ވެސް ސަސްޕެންޑް ކޮށްފިއެވެ.

ކޮމިޝަންގެ ރައީސާ ޞަފާ ޝަފީޤު ސޮއިކުރައްވާ 22 މެއި 2025 ގައި ފުރަތަމަ ފޮނުވި ސިޓީގައި ވާގޮތުން ކޮމިޝަނުގެ ސާވާ އަށް ދިމާވި މައްސަލައަކާއި ގުޅިގެން ދިވެހި ފުލުހުން ކުރިއަށްގެންދެވި ފޮރިންސިކް ތަހުލީލުތަކުން ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން 7 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރީ ކަމަށެވެ. އެ ސިޓީއާއި ޙަވާލާދެއްވާ 29 މެއި 2025 ވަނަ ދުވަހު އަނެއްކާ  ކޮމިޝަންގެ ޑިރެކްޓަރ އިބްރާހިމް އަޝްރަފް ސޮއިކުރައްވާ އީމެއިލް މެދުވެރިކޮށް ފޮނުވި ސިޓީގައި ވަނީ އިދާރީ މައްސަލައެއްގައި  2 ޖޫން އިން ފެށިގެން 7 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރި ކަމަށެވެ.

Advertisement
Advertisement

ކޮމިޝަނުގެ ކަރަންޓުގެ ޙާލަތު ހުރިގޮތުން އިރުއިރު ކޮޅަކޮޅާ ކަރަންޓު ކެނޑޭތީ ސާވާ މައްސަލަ ދިމާވުމުން ރެއާއި ދުވާލު، ބައެއް ފަހަރު ރޭގަނޑު ހޭލާ އިދެގެން ކޮމިޝަނުގެ ސާވާ ރަނގަޅު ކޮށް، ކޮމިޝަނަރުންނާއި މުވައްޒަފުންގެ މަސައްކަތްތަކަށް ދަތިނުވެ މަސައްކަތް ކުރެވޭނެ ގޮތްތައް ފަހިކޮށްދީފައި ވެއެވެ. ސިޔާސީ ސަކަރާތުގައި ޖެހި އެފަދަ މުވައްޒަފުންނަށް ޙައްޤުން ކަމަކާނުލާ އަދަބުތައް ދީ، ވަޒީފާގެ ބިރުދެއްކުމަކީ ވަރަށް ނާތަހުޒީބު އަދި އިސްލާމީ ރިވެތި އުޞޫލާ ޚިލާފަށް ހިންގާ ވަރަށް މުޑުދާރު ޢަމަލުތަކެއް ކަމުގައި ފާހަގަކުރެވެއެވެ.

މަޤްބޫލު އެއްވެސް ސަބަބަކާ ނުލާ ފަޒީލް ވަނީ 7 ދުވަހުގެ މުއްދަތަށް 2 ފަހަރު މަތިން ޖުމްލަ 14 ދުވަހަށް ސަސްޕެންޑް ކޮށްފައެވެ. އަދި އޭނާ އެނބުރި ވަޒީފާއަށް ނިކުތުމުގެ ޙައްގު ނިގުޅައިގަތުމަށް ސީދާ ކޮމިޝަންގެ ރައީސާ ޞަފާ މަސައްކަތްކުރާ ކަމުގައި ތުހުމަތު ކުރެވެއެވެ. އަދި މިއީ ވަޒީފާ އާއި ގުޅޭ ކަމަކަށް ވުރެ ބޮޑަށް ޒާތީ ކަމަކަށް ވަނީ ބަދަލުވެފައެވެ. މި މައްސަލަތަކާއި ގުޅިގެން ފަޒީލް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ރައީސާ ޞަފާ ޝަފީގަށް ފޮނުވި ސިޓީގެ ކޮޕީއެއް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ އާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ނ ނަޝާތު
މުޅި ކޮމިޝަން ސިޔާސީ ކޮށްފި ބޮޓުންތައް
އ އަބްދޯ
ސަފާ ބޭރުކުރޭ، މޮހޮންމާ ބޭރުކުރޭ!
ތިޔަ ޞަފާ ބޭރުކުރަން ލަސްވެއްޖެ ބަލާއެކޭ ހުރިހާ ބަދުނާމެއް މުއިއްޒު ބޮލަށް. މުޅި އެންމެން ތިވާހަކަ. ކޮމިޝަން އުވާލާ!!!