އައްޑޫ ހައި ސްކޫލް ދަރިވަރުގެ ފުށުން ފެނުނީ ހިތާމަވެރި މަންޒަރެއް، ޓީޗަރުވެސް ވަރަށް ބިރުވެރި.

މިލައުތުރު | 10 ޑިސެމްބަރ 2025 | ޚަބަރު

އައްޑޫ ހައި ސްކޫލުގެ ކްލާސްރޫމްތެރޭގައި ދަރިވަރުންގެ ފަރާތުން ފެނުނީ ހިތާމަވެރި މަންޒަރެއް އަދި ޓީޗަރުގެ ފަރާތުން ފެނުނީ ނުރައްކާތެރި މަންޒަރެކެވެ.

ކުލާސްތެރޭފައި ކުއްޖެއްގެ ކަރުގައި ހިފައި، ތަޅައި އަނިޔާކުރި ބިދޭސީ ޓީޗަރަކު ސަސްޕެންޑްކޮށް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

Advertisement
Advertisement

ޓީޗަރާއި ދަރިވަރާ ދެމެދު ހިނގި މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ. މައްސަލަ ތަޙްޤީޤު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހެޅީ ސީދާ އެޑިޔުކޭޝަން މިނިސްޓްރީންނެވެ.

އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި، ދަރިވަރު ވެސް ޓީޗަރުގެ ގައިގައި ޖަހަ އެވެ. އަދި ޓީޗަރު ވެސް ހަމައިން ނެއްޓިގެން ގޮސް ދަރުވަރުގެ ކަރުގައިހިފައި ތަޅާ އަނިޔާކުރާ މަންޒަރު ފެނެއެވެ. ޓީޗަރު ދަރިވަރަށް އަނިޔާކުރީ އެހެން ދަރިވަރުންގެ ވެސް ކުރިމަތީގައެވެ.

މި ހުރިހާ ކަމެއް ހިނގާދިޔައިރު ވެސް ލީޑިން ޓީޗަރެއް ނުވަތަ އެހެން ވެސް ފަރާތެއް ފެންނާކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.