ފަލަސްޠީންގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ”އަލްޤައްސާމް ބްރިގޭޑްސް“ އިން ޣައްޒާގެ ޖަބަލިއާ ކޭމްޕްގެ އިރުމަތީގައި ޔަހޫދީ ފައުޖުތަކާ ދެކޮޅަށް ވަރުގަދަ ކުރިމަތިލުންތަކެއް ހިންގައި، އިޒްރޭލް ސިފައިންގެ ގިނަ އަދަދެއްގެ މީހުން މަރާލައި، ގިނަ ބަޔަކު ޒަޚަމްކޮށްލައިފިއެވެ.
މުޖާހިދުންގެ ފަރާތުން މަޢުލޫމާދެ ދޭ ގޮތުގައި އަދިވެސް އެމީހުން ގެންދަނީ ޖަބަލިއާ ކޭމްޕްގެ އިރުމަތީގައި އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންނާ ކުރިމަތިލައި ޙަމަލާތައް ބަދަލުކުރަމުންނެވެ. އިސްލާމީ އުންމަތުގެ ޢިއްޒަތާއި ކަރާމަތުގެ ދިފާއުގައި ހަނގުރާމަ ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެެވެ.
އަދި ދުނިޔޭގެ އެންމެހާ މުސްލިމުން އެމީހުންނަށް ހެޔޮ ދުޢާ ކޮށްދިނުމަށާއި، އިޒްރޭލުން ހިންގާ ޤަތުލްއާންމުތައް ހުއްޓުވުމަށް ސަރުކާރުތަކަށް ބާރުއެޅުމުގެ ގޮތުން އަޑުއުފުލައިދިނުމަކީ މުޖާހިދުންގެ އެދުމެކެވެ.