ދައުލަތުގެ ބަޖެޓުން 29 މެއި 2025ގެ ނިޔަލަށް ކޮށްފައިވާ ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 16.3 އިންސައްތަ ދަށްވެ، ދައުލަތުގެ ބަޖެޓުން 1.2 ބިލިއަން ރުފިޔާ ބާކީ ވެއްޖެއެވެ.
29 މެއި 2025 ގެ ނިޔަލަށް މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމެނޭ ރިޕޯޓްގައިވާ ގޮތުން، ފާއިތުވި ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 15.3 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ ޚަރަދާ އަޅާބަލާއިރު 16.3 އިންސައްތަ ދަށް މިންވަރެކެވެ. ދައުލަތުގެ ރިކަރަންޓް ޚަރަދު 2.0 އިންސައްތައިން ދަށްވެ ކެޕިޓަލް ޚަރަދު ވެސް ވަނީ 65.5 އިންސައްތައިން ދަށްވެފައެވެ.
ދައުލަތުގެ ބަޖެޓުން ބާކީ ވެއްޖެނަމަ، އާންމުކޮށް ހަދާގޮތަކީ ބޯބޯމައްޗަށް ބަހާލާނީ އެވެ. އެހެންކަމުން 1.2 ބިލަޔަން ރުފިޔާ ބަހާލާނަމަ، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް 2،280 ރުފިޔާ ވަރު ލިބޭނެއެވެ. އެހެންކަމުން މިއީ ވަރަށް ވެސް އުފާވެރި ކަމެކެވެ.