މިލައުތުރު

ރަޝިޔާ އެމްބަސީއަށް ހަސަން ކުރުސީ އެނގޭ ކަމަކަށް ނުބުނޭ، ބުނީ އޭނާއަށް މަޢުލޫމާތު ދިން ފަރާތް އެނގޭ ކަމަށް

ހަސަން ކުރީ ނަމުގައި އެކްސްގައި ހިންގާ އެކައުންޓް ހިންގަނީ ކާކު ކަން ރަޝިޔާ އެންބަސީއަށް އެނގޭ ކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް އެފަދަ ވާހަކައެއް ޙަޤީޤަތުގައި ބުނެފައި ނެތްކަން ހާމަވެއްޖެއެވެ.

ރަޝިޔާ ސަފީރު އެކްސްގައި ބުނެފައިވަނީ ރަޝިޔާ-ދިވެހިރާއްޖޭގެ ގުޅުމަށް ބުރޫއަރާފަދަ ގޮދު މަޢުލޫމާތުތަކެއް ހަސަން ކުރުސީއަށް ދިިނީ ޔޫރަޕްގެ ޤައުމެއްގައި ފިލާހުރި ދިވެހިރާއްޖޭގެ ސިޔާސީ ފަރާތެއް ކަމަށާއި، އެއީ ކާކު ކަން އެނގޭ ކަމަށެވެ. އެއްވެސް ޙާލެއްގައި ހަަސަން ކުރުސީއަކީ ކާކު ކަން އެނގޭ ކަމަކަށް ރަޝިޔާއަކުން ނުބުނެއެވެ.

ރަޝިޔާ ސަފީރު އެކްސްގައި ބުނި އެއްޗެއް ތަފާތު ގޮތް ގޮތަށް ސަރަހަކުރަމުން އެބަގެންދެއެވެ. އެއްބަަޔަކު ބުނަނީ ހަސަން ކުރުސީ ފަޅާއަރުވާލައިފި ކަމަށެވެ. އެހެން ނަމަވެސް އެފަދަ ކަމެއް ނުހިނގާ ކަމަށާއި، ހަސަން ކުރުސީގެ ނުފޫޒު ގަދަކަން ދޭހަވާ ކަމެއްގެ ގޮތުގައި ސިފަކުރާ ބަޔަކު ވެސް އެބަ އުޅެއެވެ.