އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންތިޒާމުކުރި މުޒާހަރާއެއްގައި މަރިޔަމް ޒުބައިރު (މަންދީ) ރައީސްގެ ދޮށީ ދަރިކަލުންގެ ވާހަކަ ދެއްކެވުމުން އެޗްއާރުސީއެމުން އެކަން ކުށްވެރިކޮށްފިއެވެ. މިއީ މިހާތަނަށް އެ ކޮމިޝަނުން މައްސަލައަކާ ގުޅިގެން އެންމެ އަަވަހަށް ރެސްޕޮންޑް ކުރި މައްސަލައެވެ.
އާންމު ގޮތެއްގައި ނިދާފައި އޮންނަ ކަމަށް ތުހުމަތުކުރާ ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނުން މިހާ އަވަހަށް މައްސަލައެއްގައި ބަހެއް ވިދާޅުވުމުން އެއީ ވެސް އޮތް ކޮމިޝަނެއްކަން ދިވެހީންނަށް ޔަޤީން ވެއްޖެއެވެ. ޙައްޤުތައް ހޯދުމަށް ހުށަހަޅާ މައްސަލަތައް ނުބެލި ލަސްވާކަމަށާއި، ސިޔާސީ ނުފޫޒުތައް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮމިޝަނަކަށް އެޗްއާރުސީއެމް ވަނީ ވެފައެވެ.
ރައީސްގެ ދަރިކަލުންނާ ބެހޭ ގޮތުން މަންދީ ވާހަކަ ދެއްކީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގައި ބޭއްވި އިވެންޓަކަށް ވަޑައިގެންނެވި ވަގުތު އެތަނުގެ ކައިރީގަ އެވެ. މުޒާހަރާގެ ބައިވެރިން އެއިރު ތިބީ އައިޔޫއެމް ކުރިމަތީގަ އެވެ. ރައީސްގެ ދަރިކަލުންގެ ވާހަކަ މަންދީ ދެއްކީ ފަސްޓް ލޭޑީ ސާޖިދާއަށް ފާޑުކިޔަމުންނެވެ.
މި މައްސަލަ ކުއްވެރިނުކުރާ ހަމަ އެއްވެސް މުއައްސަސާއެއް ނެތެވެ. އެހެން ނަމަވެސް މިފަހަރު އެއްވަނަ ދެވޭނީ ހަމަ އެޗްެއާރުސީއެމް އަށެވެ.