މިލައުތުރު

މަންދީ ދެއްކި ވާހަކައިގެ ސަބަބުން ކުޑަކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ – ޑރ. އިސްމާއިލް

ދާދި ފަހަކުން އެމްޑީޕީން ބޭއްވި ކުއްލި އެއްވުމެއްގައި ރައީސް ޑރ. މުޢިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން ދެއްކި ވާހަކައިގެ ސަބަބުން ކުޑަކުދިންގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ޑރ. އިސްމާޢީލް އެހެން ވިދާޅުވީ ރާއްޖޭގެ ނޫހަކަށް މަޢުލޫމާތު ދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ”ކުޑަކުދިންނަށް ފުރައްސާރަކޮށް، އެ ކުދިންގެ ކަރަމާތް ގެއްލޭ ގޮތަށް ސިޔާސީ ހަރަކާތްތަކުގައި އަމަލު ކުރަމުންދާތަން އަދި މަދުން ނަމަވެސް އެފަދަ ވާހަކަތައް ވެސް ދައްކާތައް އެބަ ފެނޭ. މިއީ ކުޑަކުދިންގެ ހައްގުތައް ގެއްލި، އެފަދަ ކަންކަން ރައްދުވާ ކުދިންނާއި އާއިލާއަށް އަދި އެހެން ކުދިންނަށް ވެސް ނުހަނު ފުން އަސަރުތަކެއް ކުރާނެ ކަމެއް،“ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ އެފަދަ ކަންކަމުގެ ސަބަބުން ކުޑަކުދިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް ފުން އަސަރުތަކެއް ކުރާނެ ކަމަށާއި، އެފަދަ ކަންކަން ކޮށްގެން ނުވާނެ ކަމަށެވެ. ސިޔާސީ އެއްވުންތަކުގައި ކުޑަކުދިން ޝާމިލުކުރުމާއި، ކުޑަކުދިންނާ ބެހޭ ގޮތުން ވާހަކަދެއްކުމަކީ އާންމުކަމެއް ނޫނަސް ހިނގާ ކަމެކެވެ. ދިވެހިރާއްޖެ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ކުޑަކުދިން ބޭނުން ކުރެއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟