ށ. އަތޮޅު ހޮސްޕިޓަލުން ދެމުން ގެންދާ ޚިދުމަތްތައް އިތުރުކޮށް ފުޅާކުރުމަށްޓަަކައި މުވައްޒަފުންގެ ހުނަރާއި ފަންނީ ޤާބިލްކަން އިތުރުކުރުމަށް ތަމްރީން ޕްރޮގްރާމެއް ހިންގުމާ ގުޅޭ ފަހުމުނާމާ އެއްބަސްވުމެއްގައި ށ. އަތޮޅު ހޮސްޕިޓަލާއެކު ށ. އަތޮޅު ކައުންސިލުން ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ށ. އަތޮޅު ހޮސްޕިޓަލްގެ 4 މުވައްޒަފަކަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ތަމްރީން ޕްރޮގްރާމަކީ އަތޮޅު ތަރައްޤީގެ ސިޔާސަތުގައި ކަނޑަައަޅުއްވާފައިވާ ޞިއްޙީ ދާއިރާގެ ތަރައްޤީ އާއި ކުރިއެރުމަށް ބޭނުންވާ އިންސާނީ ވަޞީލަތް ބިނާކުރުމަށް ކުރެވޭ އިންވެސްޓެއް ކަމަށް އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ އަތޮޅު ހޮސްޕިޓަލްގެ މުވައްޒަފުންގެ ހުރިހާ ޚަރަދެއް ވެސް ށ. އަތޮޅު ކައުންސިލުން ވަނީ ހަމަަޖައްސަވާފައެވެ.