މިލައުތުރު

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ މުފައްކިރެއް، މުދައްބިރެއް، ބޮޑު އިމާމެއް!

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަކީ ޙަޤީޤަތުގައި ވެސް ވަރަށް ޢިލްމީ އަދި ވިސްނުންތޫނުފުޅު ކުޅަދާނަ ވާހަކަދެއްކުންތެރިއެއްގެ އިތުރުން މޮޅު އިމާމެކެވެ. މިއަދުވެސް ލ. ފޮނަދޫ މަސްޖިދުލް ޢުލާގައި އިމާމުވެ ހުކުރު ކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ވެސް ކުރެއްވިފައިވާ ކަމެއް ނޫނެވެ. އެހެންކަމުން މަޖިލިސްގެ ރައީސް އަކީ ޙަޤީޤަތުގައި ވެސް މީހުންގެ އިޙުތިރާމާ މަޤުބޫލުކަން ޙައްޤު ފަރާތެކެވެ. އަބްދުއްރަހީމަކީ އިމާމުވެ ހުކުރު ކުރެއްވުމުގެ ހުއްދަ އޮތް ބޭފުޅެކެވެ. ދިވެހިބަހަށް ވަރަށް ފަރިތަ ހުށައެޅުންތެރިއެކެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު މީގެ ކުރީން އިމާމުވެ ހުކުރެއް ކުރެއްވީ އަލްއުސްތާޛު އަލްމަރުޙޫމް އަބްދުﷲ ހަމީދު އެވެ. އެހެން ކަމުން އަބްދުއްރަހީމް އަކީ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނަވާ އިމާމުވެ ހުކުރު ކުރެއްވި ދެވަނަ ބޭފުޅާއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟