ޝާން މުޙައްމަދު

ސްޓޫޑެންޓް ލޯނު ނުދައްކާ ކުދިންގެ އަދަދު 60 އިންސައްތައަށްވުރެ އިތުރު: ވަޒީރު

ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނަށް ފައިސާ ދައްކާ ކުދިންގެ އަދަދު 60 އިންސައްތައަށްވުރެ އިތުރު ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ކުރިޔަޡް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާ ޕީއެންސީ މެންބަރު އިބްރާހީމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ބައެއް ދަރިވަރުން ބަރާބަރަށް ލޯނު ދައްކަމުން ނުދާ ކަމަށެވެ.

”އަނބުރާ ދެއްކުމުގައި އެބަހުރޭ ވަރަށް ބޮޑެތި މައްސަލަތައް. ހަމައަށް ބަރާބަރަށް ނުދައްކާ. 40 ޕަސެންޓްވަރު އަނބުރާ ދައްކަނީ،“ ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ މި ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށެވެ. އެގޮތުން އެ ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންތައްތަކަށް މަޝްވަރާކޮށް ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި އަހަރުގެ ޖެނުއަރީ އިން އެޕްރީލްގެ ނިޔަލަށް ސްޓޫޑެންޓް ލޯނުގެ ގޮތުގައި 157 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.