ބޮޑު ޢީދުގައި ބޮޑު ޗުއްޓީ ހަދަން ކުރި އުންމީދު މުޅިން ފެނަށް ވެއްޖެ.

މިލައުތުރު | 28 މޭ 2025 | ޚަބަރު
6

މި އަހަރުގެ ޙައްޖު ދުވަހަކީ ޖޫން މަހުގެ 05 ވާ ބުރާސްފަތި ދުވަސް ކަމުގައި ކަނޑައެޅުމާ ގުޅިގެން ޢީދު ބަންދުގެ ގޮތުގައި ކަލަންޑަރުގައިވާ ބަންދު ދުވަސްތަކުގެ އިތުރުން އެއްވެސް ދުވަހެއް ބަންދު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވުމުން ވަރަށް ގިނަ ބަޔަކު ކުރި އުންމީދު މުޅިން އަޅިއަށް ވެއްޖެއެވެ.

މި ނިންމުމާ ގުޅިގެން ޢީދު ހަފުތާގައި ބަންދު ދުވަސްތަކުގެ ގޮތުގައި ލިބޭނީ ޖޫން މަހުގެ 8 ވަނަ ދުވަހާ 9 ވަނަ ދުވަސް އެކަންޏެވެ. އެހެނީ ޙައްޖު ދުވަސް ވަނީ ބުރާސްފަތި ދުވަހަކަށް ކަމުގައިވާތީ، ޢީދުގެ ފުރަތަމ ދެ ދުވަސް ކަމުގައިވާ 6 ވަނަ ދުވަހާ  ދުވަސް ވަނީ ހަފުތާ ބަންދު ދެ ދުވަހަށެވެ. އެހެން ކަމުން ޢީދު ބަންދަށް ފަހު 10 ޖޫން 2025 ގައި އެންމެން ވެސް އޮފީހަށް ނިކުންނަން ޖެހޭނެއެވެ.

Advertisement
Advertisement

އެހެން ނަމަވެސް ސަރުކާރު ވަޒީފާތަކުގައި އުޅޭ ވަރަށް ގިނަ މީހުން އަދި ވަކިން ޚާއްސަކޮށް މާލޭގައި ވަޒީފާ އަދާކުރާ މީހުން ތިބީ ވަރަށް ފޮނި އުންމީދުގައި އޮފީހަށް ނިކުންނަންޖެހޭނީ 15 ޖޫން ކަމުގައި އަންދާޒާކޮށް ޓިކެޓްތައް ވެސް ނަގައިގެންނެވެ. ވީމާ މިފަހަރު ހަމަ އެންމެންނަށް ވެސް ލިބޭނީ ކޮޅުކެހިތާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަހުމަދު
ކީއްކުރަން އީދު ބަންދުގެ ދުވަސްތައް ގިނަކުރަންވީ އެއްވެސް ރަށެއްގަ އީދު ދުވަސް ރަގަޅު ގޮތުގަ ފާހަގަ އެއް ނުކުރޭ އެންމެދެރަވެގެން ނަމާދު ވަގުތު ޖެހުނީމަ ނަމާދު ވެސް ކޮއްލަނީކީނުންވިއްޔާ! އާފިލުކަމުގަ ގާގޯޅިވެ ނަޗަރަންގީ ކުޅުން ފިޔަވާ އިތުރު ކަމެއް ނުކުރޭ ދިވެހި ދަރިންނައް ހެޔޮ ވިސްނުން ދެއްވާށި އާމީން.
G Gabbe
Adhi kuraane eynage heyo fulhu kamunney kiyaafa
އަދި ބަންދުކުރާނެ އެގޮލާ ރައްޔިތުންގެ ހަމްދަރުދީ ހޯދަން ޗަރުކޭސް ކެއްސާނެ ވަރަށް.
Mulhi aharu ekkohchuttee ragalhu
Raeesge nihmevun varah vess rangalhu
ޓ ޓިކެޓް
ކަލަންޑަރު ބަލާފަ ޓިކެޓް ނެގީމަ ހުންނާނީ ރަނގަޅަށް