މިލައުތުރު

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓް ބޭންކުގެ ފުރަތަމަ ސީއީއޯ ވެސް ސްކޭމެއްގައި ޖެހިއްޖެ.

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސްއަށް މުސާރަ އާއި އިނާޔަތްތައް ނުލިބިގެން އެކަމުގެ ޝަކުވާ އާއި މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

ބޭންކުގެ ޚިދުމަތް އަދި ނުފެށިގެން އުޅެނިކޮށް އެ ބޭންކުގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސްވަނީ އޭނާގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އެކަން ޕްރައިވެޓައިޒޭޝަން ވަނީ ޕީސީބީން ކުރިންވ އިޢުލާންކޮށްފަ އެވެ.

ނޮއެލް ގްރެގާއަށް މުސާރައާއި އިނާޔަތްތައް ނުލިބިގެން އޭނާ ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ މަހުއެވެ. އަދި އިސްތިއުފާ ދީފައިވަނީ މާރިޗު މަހުއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މުސާރަ އާއި އިނާޔަތްތައް ނުލިބިގެން މައްސަލަ ހުށަހަޅާފައިވާކަން ވަނީ ހާމަވެފައެވެ. މިދިޔަ މަހުގެ ހަތްވަނަ ދުވަހު ހުށަހެޅި އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ވަނީ ބަލައިގެންފައެވެ.

އޭނާ ސީއީއޯ ކަމުގެ މަޤާމަށް އައްޔަންކުރީ އޮގަސްޓު 2024 ގެ ތެރޭގަ އެވެ. އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއޮލް ދެކުނު އެފްރިކާގެ ކޭޕް ޓައުން ޔުނިވާސިޓީން ޑިގްރީ ފުރިހަމަ ކުރުމަށް ފަހު މާސްޓާސް ހެދީ އޮކްސްފޯޑް ޔުނިވާސިޓީންނެވެ. އަދި އޭނާއަކީ ވެސް ބޭންކިން ދާއިރާގައި 28 އަހަރުގެ ތަޖުރިބާ ލިިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

ބައެއް މީހުން ތުހުމަތު ކުރާގޮތުގައި ސަރުކާރުން ކުރައްވާ ކަމެއް މިހާ ދިގުލައިގެން ދިއުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށާއި، މިއީ ވެސް ސްޓޭޓް ސްޕޮންސާ ކޮށްގެން ހިންގާ ސްކޭމެއް ކަމަށް ވެދާނެ ކަމަށެވެ.