މިލައުތުރު

ފޯކައިދޫ ސްކޫލް ސަރަޙައްދުގައި ފެންބޮޑުވާ މައްސަލަ ސަރުކާރުން ޙައްލުކޮށްދިނުން ލަސްވާތީ، ރަށު ކައުންސިލުން ކޮށްފި.

ށ. ފޯކައިދޫ ސްކޫލް ހުންނަ ސަރަަޙައްދުން އެ ރަށު ހުކުރުމަގުގައި ފެންބޮޑުވާ މައްސަލަ ޙައްލުކޮށްދެއްވާތޯ ސަރުކާރުގައި ދަންނަވައިގެން ތިބޭތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވުމުން ދެން ނުވާނެ ކަމަށް ބަލައި ރަށު ކައުންސިލުން އެ މަސައްކަތް ކޮށްފިއެވެ.

އެ ރަށު ހުކުރުމަގުގައި ފެންބޮޑުވާ ސަރަޙައްދުގައި ހުރި އަޑިތަކަށް ވެލިއަޅާ، އެއްވަރުކޮށް، މިހާރު ވަނީ ތާރު ވެސް އެޅޭ ވަރަށް ރީތިކޮށް ހަދާފައެވެ. ފޯކައިދޫގެ ރައްޔިތުން ތިބީ ސަރުކާރުގެ ވައުދާ އެއްގޮތަށް ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އަދި މި މަގަކީ ވެސް ތާރު އެޅުމަށް ހަމަޖެހިފައިވާ މަގެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނާގޮތުގައި ތާރު ބަރުކޮށްފައިވާ ބޯޓުތައް ވަނީ ދަތުރަށް ފަށާފައެވެ. އެހެން ކަމުން މާ ލަސްތަކެއް ނުވެ އެކަން ވެސް ފެށޭނެ ކަމަށެވެ. އަދި މަގު ހަދާ ކުންފުންޏަށް ރަށުން 200 މުވައްޒަފުން ވެސް ނަގާނެ ކަމަށެވެ. އެކަމުގެ އުންމީދުގައި ބަހެއް ނުކިޔާ ތިބޭ މީހުން ވަރަށް ގިނައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެއްވެސް ޚަބަރެއް ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކުން ލިބިފައެއް ނެތެވެ.

ދާއިރާ ތަމްސީލުކުރައްވާ މަޖިލިސް މެންބަރަށް ވަޒީރަކާ ސުވާލެއް ކޮށްލައި، ކަމެއް ހިނގާތޯ ނުހިނގާތޯ ބަލައިލާ މަޢުލޫމާތު ސާފުކޮށްލުން ވެސް ވަނީ ވަރަށް ނާދިރު ކަމަކަށް ވެފައެވެ.