ސީރީއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅެއް އުވާލުމަށް ބާރުއަޅުއްވާ ސައުދީގެ ވަލީއަޙުދު މުހައްމަދު ބިން ސަލްމާން ކުރެއްވި މަސައްކަތްޕުޅުތަކަށް ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ތައުރީފް ކުރައްވައި މަރުޙަބާ ދަންނަވައިފިއެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވީ ސައުދީއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅުވައިގެން ބޭއްވެވި ރަސްމީ ޙަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ރައީސް ޓްރަމްޕް ވެސް ވަނީ ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.
އެ ނިންމުމާ ގުޅިގެން މިނިސްޓަރު ޝަހީމް އެކްސްގައި ވިދާޅުވީ މިއީ އުއްމީދީ ނިންމުމެއް ކަމަށާއި، އެކަމަށް މަރުޙަބާ ދަންނަވާ ކަމަށެވެ.