މިލައުތުރު

ލިބެން އޮތިއްޔާ ކޮންމެ އެއްޗެއް ވިޔަސް ހޯދަންވީތޯ: އިލެކްޝަން ކޮމިޝަންގެ މެންބަރެއް ހައްޖުވެރިންގެ އެހީތެރިއެއްގެ ގޮތުގައި މައްކާއަށް

ދިވެހިން ހައްޖުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މިއަދު މައްކާއަށް ފުރި ހައްޖު ކޯޕަރޭޝަންގެ ޓީމުގައި އެހީތެރިއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ ވެސް ހިމެނޭކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފިއެވެ.

ދައުރު ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕީއެސްއެމްއިން އެޑްވާންސް ޓީމާއެކު ފުރުމުގެ ކުރިން އެއާޕޯޓުގައި ތައްޔާރުކުރި ވީޑިއޯގައި ވެސް ޒަކަރިއްޔާ އިހުރާމުގައި ހުންނަވާތަން ފެނެއެވެ. ހައްޖު ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެފައިވަނީ އެޑްވާންސް ޓީމުގައި ޑޮކްޓަރުންނާއި ނަރުހުންނާއި އެހީތެރިން އަދި ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ހިމެނޭ ގޮތަށް 17 މީހަކު ފުރާފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކު އެހީތެރިންގެ ޓީމުގައި ހިމެނޭތޯ ދައުރުން ކުރި ސުވާލަށް ޝަކީލް ވިދާޅުވީ އާންމުކޮށް އިއުލާންކުރުމުން ކޮންމެ މަގާމެއްގައި ހުރި ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

މުސްތަޤިއްލު ކޮމިޝަންތަކުގެ ވެރިން މިޙާލަތަށް ދިއުމަކީ ވަރަށް ވެސް ހިތާމަހުރި ކަމެކެވެ. މިއީ ނުފޫޒުން އެއްކިބާވެ، ނަޒާހަތްތެރި ކަމުގައި ތިއްބަވަންޖެހޭ ދައުލަތުގެ ޢިއްޒަތްތެރިންގެ ޙާލަތު ހުރިގޮތެވެ.

One Reply to “ލިބެން އޮތިއްޔާ ކޮންމެ އެއްޗެއް ވިޔަސް ހޯދަންވީތޯ: އިލެކްޝަން ކޮމިޝަންގެ މެންބަރެއް ހައްޖުވެރިންގެ އެހީތެރިއެއްގެ ގޮތުގައި މައްކާއަށް”

  1. ދޮންބެ

    ތިޔަމީހާއަކީ އަނބިކަމަނާގެ ވަޒީފާގެ ޢިތުރުން ދިރާގު ބޯޑުންވެސް ޖާގައެއް އަނބިކަމަނާއަށް ދީގެން އެތަނުންވެސް މުސާރަ ހިއްޕަވާ ބޭފުޅެއް.

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި