ށ. ފޯކައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން އިސްނަގައިގެން އޭޕްރިލް 28 ން މެއި 13 ވަނަ ދުވަހުގެ ނިޔަލަށް ހިންގި އެ ކޮމިޓީގެ ދެވަނަ ފަހާކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ކޯހުގައި ޖުމްލަ 58 ފަރާތަކުން ބައިވެރިވެ ސަނަދު ޙާޞިލް ކޮށްފައި ވެއެވެ. މިއީ އަންހެނުން ބާރުވެރިކުރުމާއި، އިޤްތިޞާދީ ނަފާ ލިބޭ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ބާރުއެޅުމުގެ ގޮތުން ފޯކައިދޫ ޑަބްލިޔޫ.ޑީ.ސީން ހިންގުމަށް ކަނޑައަޅާފައިވާ ޙަރަކާތްތަކުގެ ތެރެއިން ޙަރަކާތެކެވެ.
މި ކޯހުގައި ކިޔަވައިދެއްވީ ފެހުމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ފާތިމަތު މާރިޔާއެވެ.