ޣައްޒާއަށް އެއްޗެއް ވެއްދެން އޮތް ހުރިހާ މަގެއް ބަންދުކޮށް، މަނާކޮށްފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، ޣައްޒާއަށް ކާބޯތަކެއްޗާ ބޭސް ފަރުވާއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވައިގެ މަގުން ފޯރުކޮށްދިނީ ޗައިނާއެވެ.
އިޒްރޭލުން ބުނަނީ ޗައިނާއިން ފޯރުކޮށްދޭ ތަކެއްޗަކީ ހަމާސްގެ ހަނގުރާމަވެރިންނަށް ދެވޭ އެހީއެއް ކަމަށް އަދި އެކަން ހުއްޓުވުމުގެ އިންޒާރެއްގެ ގޮތުން ޗައިނާގެ މަތިންދާ ބޯޓު ފަހަރަށް ޙަމަލާދޭން މަސައްކަތް ކުރާ ކަމަށް ވެސް ޚަބަރުތައް ލިބެއެވެ. މިކަމާ ގުޅިގެން ޗައިނާއިން ބުނީ ޗައިނާގެ ޖެޓަކަށް ޙަމަލާދީފިނަމަ ބަދަލުގައި ޙަމަލާނުދީ ދޫކޮށްލާނެ ގޮތަކީ ނެތް ގޮތެއް ކަމަށާއި، އެކަން ވާނީ އިޒްރޭލަށް ތަހަންމަލް ކުރަން ދަތި އުޤޫބާތަކަށް ކަމަށެވެ.
ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދިނުމުން ޣައްޒާގެ ޙާލުގެ ޖެހިފައިވާ ރައްޔިތުން ގެންދަނީ ޗައިނާއަށް ޝުކުރު އަދާކޮށް ތައުރީފް ކުރަމުންނެވެ.
3 Replies to “ޗައިނާގެ އިންޒާރު އިޒްރޭލަށް: ޣައްޒާ އެހީ ހިފައިގެންދާ ޖެޓަކަށް ޙަމަލާއެއް ދީފި ނަމަ، އެކަށީގެންވާ ރައްދު ދޭނަން.”
Fasaah
Alhamdhulillah
Anonymous
China is best
Yoosuf
Alhamdhulillah
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި