މިލައުތުރު

ޗައިނާއިން ޣައްޒާއަށް އެހީގެ ތަކެތި އެއާޑްރޮޕް ކުރި ޚަބަރު ޔޫކޭ ޑިފެންސް ޖާނަލްގައި ދޮގުކޮށްފި.

 ޗައިނާއިން ޣައްޒާއަށް އެހީގެ ތަކެތި އެއާޑްރޮޕް ކުރި ވާހަކަ ޔޫކޭ ޑިފެންސް ޖާނަލްގައި ދޮގުކޮށްފިއެވެ. އިޒްރޭލުން މުޅި ޣައްޒާ ބަންދުކުރި ފަހުން އަދި އެއްވެސް އެހީއެއް އެތެރެވެފައިނުވާ ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.

އެ ޖާނަލްގައި އިތުރަށް ބުނެފައިވަނީ، ޗައިނާއިން އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ދުނިޔެއަށް ނަމޫނާއެއް ކަމަށް ދެއްކުމަށްޓަކައި ޗައިނާއަށް ތާއީދުކުރާ އެކްޓިވިސްޓުން ފަތުރާ ވީޑިއޯ އަކީ 2024 ވަނަ އަހަރު އެމެރިކާއިން ހިންގި ޙަރަކާތެއްގެ ވީޑިއޯއެއް ކަމަށެވެ. އަދި އެ ފަހަރު އެހީގެ ސާމާނު އެއާޑްރޮޕް ކުރުމުގެ ތެރޭގައި ބައެއް މީހުންގެ ފުރާނަ ގެއްލި، އެތަށް ބަޔަކަށް އަނިޔާ ލިބިފައިވާތީ، އެހީދޭ ޖަމާޢަތްތަކުގެ ފާޑުކިއުން އަމާޒުވެފައިވާ ކަމަށެވެ.

އަދި އިތުރަށް ބުނެފައިވާ ގޮތުގައި ސީ-17 މަރުކާގެ އަސްކަރީ މަތިންދާބޯޓަކީ ޗައިނާއިން ބޭނުންކުރާ އެއްޗެއް ނޫންކަމަށާއި، އެއީ އެމެރިކާގެ އުފެއްދުމެއް ކަމަށެވެ. އެހެން ކަމުން މިހާރު ޓިކްޓޮކްގެ އިތުރުން އެހެން ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ދައުރުވާ ވީޑިއޯގައި އެއްވެސް ޙަޤީޤަތެއް ނެތް ކަމަށެވެ.

ރާއްޖޭގެ ވަރަށް ގިނަ މީޑިޔާތަކަށް ވެސް މި ޚަބަރު ވަނީ އަރާފައި ވެއެވެ. އަދި ދުނިޔޭގެ މީޑިޔާތަކުގައި ވެސް މި ޚަބަރު ފެތުރިގެން ގޮސްފައި ވެއެވެ.