މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ޕިކަޕަކުން މަގު މައްޗަށް ދޫކޮށްލައިފައި ދިޔަ 200 އަށް ވުރެ ގިނަ ސިނގިރެޓް ކާޓޫނުތަކާ ހަވާލުވާނެ ބަޔަކު ނުވެގެން އެކަމުގެ ތުހުމަތަށް ހައްޔަރުކުރި އެންމެން ކޯޓުން ދޫކޮށްލައިފި އެވެ.
ދިވެހި ފުލުހުންގެ އިދާރާއިން ކުރިން ބުނީ ގޮތުން އެއީ ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބޮންޑެޑް ވެއާހައުސް އަކުން ގެއްލުނު ސިނގިރޭޓްތަކެއް ކަމަށެވެ. އަދި މައްސަލައިގެ ތުހުމަތަށް ބަނގުލަދޭޝްއަށް ނިސްބަތްވާ ތިން މީހުން ހައްޔަރުކޮށް ބަންދަށް މުއްދަތު ވެސް ޖެހިކަމަށެވެ. އަދި ތިން މީހުން ހައްޔަރުކުރީ ސިނގިރޭޓް ކާޓޫނުތައް ވަގަށް ނެގިކަމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދުގެ އަމުރުން ހާމަވާ ގޮތުގައި އެ ސިނގިރޭޓްތައް ގެއްލިގެން އެއްވެސް ބަޔަކު ރިޕޯޓެއް ކޮށްފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި ބަންދުކުރި މީހުންނަކީ ގަވައިދާ އެއްގޮތަށް ވިސާއާއެކު އުޅޭ ބަޔަކަށް ވާތީ ޕާސްޕޯޓް ހިފަހައްޓައި ޝަރުތުތަކާއެކު ދޫކޮށްލަން ވަނީ އަމުރުކޮށްފައެވެ.
2 Replies to “ސިނގިރޭޓްތައް ގެއްލިގެން އެއްވެސް މީހަކު ރިޕޯޓެއް ކޮށްފައެއް ނެތް، ޙަވާލުވާނެ މީހަކު ނެތް، ބަންދުކުރި މީހުން ދޫކޮށްލައިފި.”
Dhunmaari
Miee aneh bodu joke eve
Anonymous
ޅޮލިހުން ތި ގޭންގްއެތަ
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި