ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތައް ހުއްޓުވާ އިޒްރޭލް މައިތިރިކޮށް ހަމަ މަގަށް އެޅުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައަށް އަރީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެެވެ.
އެ މަނިކުފާނު ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކާ އެއްގޮތަށް، ފަލަސްތީންގެ ޣައްޒާގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ފުރާނަ ޙިމާޔަތްކުރުމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، އިޒްރޭލުން ހިންގަމުންދާ ނުބައި ޢަމަލުތަކަށް އިޒްރޭލް ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށެވެ.
އަދި ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ބާރުއެޅުމަށް ވެސް ބައިނަލްއަޤުވާމީ މުޖުތަމައަށް ގޮވާލައްވާ ކަމަށެވެ. ރައީސް ޑރ. މުޢިއްޒު އަބަދުވެސް ފެންނަނީ އިޒްރޭލާ ދެކޮޅަށް ފާޅުގައި ބަސްވިދާޅުވާން ކެރިވަޑައިގަންނަވާ ހާމަކަން ބޮޑު ސިޔާސަތެއް ގެންގުޅުއްވާ ވެރިއެއްގެ ގޮތުގައެވެ.
އިޒްރޭލް ޕާސްޕޯޓުގައި މިހާރު ވެސް ރާއްޖެ އެތެރެ ވުން ވަނީ މަނާކުރައްވާފައެވެ. މިއީ ވެސް މުޅި ދުނިޔެ ހައިރާން ކޮށްލި ބޮޑު ނިންމެވުމަކަށް ވެގެންދިޔަ ކަމެކެވެ.