މިލައުތުރު

ސޯލާ ސިސްޓަމް ލައިފާ އަޅާ ”ފޯކައިދޫ އިސްލާމީ މަރުކަޒު“ އެޅުމަށް ބޭނުންވާ ބިން ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފި.

ށ. ފޯކައިދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ސޯލާ ސިސްޓަމް ލައިފާ އަޅާ ބޮޑު އިސްލާމީ މަރުކަޒު އެޅުމަށް ބޭނުންވާ ބިން ފެނަކަ ކޯޕަރޭޝަނާ މިއަދު ޙަވާލުކޮށްފިއެވެ.

އިސްލާމީ މަރުކަޒު އެޅުމަށް ރަށު ކައުންސިލުން ކަނޑައެޅި ބިމާބެހޭ ލިޔުންތަކާ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ޙަވާލުވެލެއްވީ ފޯކައިދޫ ފެނަކަ ބުރާންޗުގެ އެންމެ އިސްވެރިޔާ އަބްދުﷲ މާހިދު އެވެ. މި މަސައްކަތަކީ 500 ދުވަހުން ނިންމާ ގޮތަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފެނަކަ ކޯޕަރޭޝަނާ ޙަވާލުކުރެއްވި މަސައްކަތެކެވެ.

މި މަރުކަޒަކީ ޒަމާނީ ފެންވަރަށް ސޯލާ ސިސްޓަމް ލައިފާ، ކުލާސްރޫމްތައް ލައިފާ، ފެންއިސްކުރު ބަރި ލައިފާ، އޭސީ ވެސް ލައިފާ އަޅާ ވަރަށް ފުރިހަމަ އިސްލާމީ މަރުކަޒެކެވެ.

އިސްލާމީ މަރުކަޒު އެޅުން މިހާ ބޮޑަށް ލަސްވެފައިވަނީ ރަށު ކައުންސިލުން ބިން ޙަވާލުނުކޮށްފައި ނުވާތީ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އެހެން ކަމުން ދާދި އަވަހަަށް އިސްލާމީ މަރުކަޒު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ދެން ފެށިދާނެއެވެ. އަދި ސަރުކާރުން މިފަދަ އިސްލާމީ މަރުކަޒެއް އަޅުއްވައިދެއްވާތީ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.