މިލައުތުރު

މުސްލިމުން އުފާކުރުން ޙައްޤު ބާރަކަށް އިރާން ވުމުންވެސް އަރަބި ވެރިން އަދިވެސް ތިބީ ޣާފިލުކަމުގައި ނިދާފައި.

އުންމަތުގެ ޢަދުއްވުންނާއި ދެކޮޅަށް އަސްކަރީ ޙަމަލާތައް ދިނުމުގައި މުޅި ދުނިޔެ ހައިރާން ކޮށްލުމުން ވެސް އަރަބި މުއްސަނދި ވެރިން ފެންނަނީ ޙަސަދަވެރިކަމުގެ ނިދީގައި ތިބޭތަނެވެ. ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ މުސްލިމުންކޮޅު ޤަތުލުކޮށް ނިންމާލާއިރު، އަރަބި ވެރިން ފެންނަނީ އުންމަތުގެ އެންމެ ބޮޑެތި އަދާވާތްތެރިންނާ އެއް ސުފުރާއެއްގައި ފަރިއްކުޅުއްވުމާއެކު އުފާވެރިކަމާއެކު ގުޅުންތައް ޤާއިމުކުރާ މަންޒަރެވެ.

އިރާންގެ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީގެ ހިތްވަރަށް ޢަދުއްވުންގެ ފިއްތުންތަކަށް ބޯނުލަނބާ ރައްދު ޙަމަލާތައް ދޭން ފެށުމާއެކު އިޒްރޭލަށް ގޮތް ހުސްވެ އެންމެ ފަހުން އެމީހުންގެ މަދަދުުގާރު އެމެރިކާގެ އެހީތެރިކަމަށް އެދި އާދޭސްކުރަން ޖެހޭ ހިސާބަށް އެންމެ 6 ދުވަސް ތެރޭގައި ވަނީ ދުއްވާލާފައެވެ. މިއީ ދުނިޔޭގެ އެއްވެސް ބަޔަކު އުންމީދު ކުޅަ ގޮތެއް ނޫނެވެ. އިރާނަށް ލިބޭ ނުހަނު ބޮޑެތި ގެއްލުންތައް އެއްފަރާތްކޮށް، ޣައްޒާގެ މުސްލިމުން ޤަތުލުކުރަމުންގެންދާ ޔަހޫދީ ދައުލަތާ ދެކޮޅަށް ކުރަމުން ގެންދާ ޖިހާދަށް މުސްލިމް ޤައުމުތަކުގެ ކުޑަ އެއްބާރުލުމެއް ދީފިނަމަވެސް އެމީހުން ކާމިޔާބު ކުރާނެކަން ކަށަވަރު ފަަދައެވެ.

މިފަދަ ދަނޑިވަޅެއްގައި ވެސް ބައެއް މުސްލިމް ޤައުމުތަކުން ބަލަނީ ޚިލާފެއް އުފައްދައިގެން ވިޔަސް ބައިބައި ކުރެވޭތޯއެވެ. އެހެން ނަމަވެސް އީރާންގެ ރައްޔިތުންގެ ފަރާތުން ފެންނަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ވަރުގަދަ ގުޅުމަކާއި އެއްބައިވަންތަ ކަމެކެވެ. އީރާންގެ ހިތްވަރާއި ސާބިތުކަމަކީ މިސާލެއްކަމުގައި ފުދެއެވެ.