ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ލޭނާރަކީ މަސްވެރިކަމަށް ވެފައި، ދިވެހިންގެ އެންމެ ޤަދީމީ އިޤްތިޞާދީ ޞިނާޢަތަށް ވީހިނދު، މަސްވެރިކަން ތަރައްޤީކުރުމުގައި އިހުމާލުވެފައި ވާތީ ކަމަށް ބުނެ މަސްވެރިންގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފިއެވެ. ވަސްވެރިންނަށް ހެޔޮ އަގު ގައި ތެޔޮ ނުލިބުމާއި، އައިސް ލިބުމުގެ ދަތިކަމާއި، ބާނާ މަސްކޮޅު ކިރޭނެ ގޮތެއް ނެތިގެން އުކާލަން ޖެހުމާއި، ގަންނަ މަސްކޮޅަށް ވެސް އެކަށީގެންވާ އަގެއް ނުލިބޭ ކަމަށް ބުނެއެވެ. އަދި ކޮންމެ ސަރުކާރަކުން ވެސް މަސްވެރިންނަށް ބޮޑެތި ވަޢުދުވާ ކަމަށާއި، އެއްވެސް ސަރުކާރަކުން އެކަށީގެންވާ ގޮތެއް ގައި މަސްވެރިކަން ތަރައްޤީ ކުރުމަށް މަސައްކަތް ނުކުރައްވާ ކަމަށް މަސްވެރިން ތުހުމަތު ކުރެއެވެ.
ދިވެހި މަސްކަނޑު ވިއްކާލުމާއި ދެކޮޅަށް ކާނިވާ ސަރަޙައްދުގައި ބޭއްވި ބޮޑު އެއްވުމުގައި ހުވަދު އަތޮޅުގައި ގިނަ އަހަރުތަކެއް ވަންދެން މަސްވެރިކަން ކުރެއްވި އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ކެޔޮޅެއް ވާހަކަދެއްކެވިއެވެ. އޭނާގެ ވާހަކައިގާ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި، ކަންބޮޑުވުންތައް ވަރަށް ފޯރިއާއި ޖޯޝުގައި ހުށަހަޅުއްވައި ދެއްވިއެވެ. އަދި މިސަރުކާރާއި މެދު ނުރުހުންވެ ވަރަށް ބޮޑަށް ފާޑު ކިޔާފައި ވެއެވެ.
އަދި މަސްވެރިކަމާއި ބެހޭ ވުޒާރާ އިން ކުރާހާ ވެސް ކަމަކީ ކަނދުފަތި އެޅުން ކަމަށާއި، އެއީ އިންތިހާ ބޮޑު މަންފާ އެމީހުންނަށް ކުރާ ކަމެއް ގަމުގައި ތުހުމަތު ކުރެއެވެ. އެމްޑީޕީ އިން ވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގައި މަސްވެރިކަމުގެ ދާއިރާގެ ތަރައްޤީ އަށް ގިނަ ހުވަފެންތެކެއް ދައްކާފައި ވެއެވެ. އެގޮތުން ގޭދޮށު މަސްފެކްޓަރީ ފަދަ ހުވަފެނީ ސިޔާސަތުތައް ހިމެނޭ ގޮތަށް “ނޫ އިޤްތިޞާދު” ގެ ނަމުގައި ބޮޑު ވަޢުދު ނާމާ ފޮތެއް ރައްޔިތުންނަށް ބަހާފައި ވެއެވެ. އެހެން ނަމަވެސް 5 އަހަރުގެ ވެރިކަމުގެ ދަޢުރު ނިމެން އެންމެ 3 މަސް ދުވަހަށް ވީއިރުގައި ވެސް އެއްވެސް ކަމެއް ފެށިފައެއް ވެސް ނިމިފައެއް ވެސް ނެތެވެ. އަދި މިހެން މިކަން އޮއްވާ ހުރިހާ ވަޢުދެއް ފުއްދިއްޖެ ކަމަށް ވިދާޅުވަމުން ގެންދަވާތީ ދިވެހި މަސްވެރިން ތިބީ ރަތަށް އަރާފައެވެ.