މިލައުތުރު

ކާރު ގެނެސްދިނުމުގެ ނަމުގައި މީހުންގެ އަތުން އޮޅުވާލައިގެން 50 މިލިޔަން ރުފިޔާ ނަގައިގެން ފިލި ޒާޖީ އަދިވެސް ނުފެނޭ.

ރާއްޖެއިން ބޭރުން ކާރު އެތެރެކޮށްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން 2023 ވަނަ އަހަރު އެތައް މިލިޔަން ރުފިޔާއެއް ނެގުމަށް ފަހު ފިލީ ގ. ޗާންދަނީޕެލަސް، މުހައްމަދު ޒާޖީ އިސްމާއީލް އެވެ.  މި މައްސަލައިގާ ފުލުހުންގެ ޚިދުމަތުން ކުރާ ތަޙުޤީޤަށް އެއްވެސް ކުރިއެރުމެއް ނުލިބޭކަމަށް ވެއެވެ.

ކުރިން މީޑިޔާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ކާރު އެތެރެކޮށްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން އެތައް މިލިޔަން ރުފިޔާ ނަގުމަށް ފަހު އެއްވެސް މީހަަކަށް ކާރު ގެނެސްނުދީ ރާއްޖޭން ބޭރަށް ގޮސް ފިލާފައެވެ. އަދި މިއަދާ ހަމައަށް އޭނާ ވީތަނެއް ހޯދިފައެއް ވެސް ނުވެއެވެ.

ކާރު ގަންނަން ފައިސާ ދެއްްކި މީހުންތައް އޭނާނެ ފިހާރަކަމަށްވާ ވޯލްޑިވްސް ވޭވް ދޮަށަށް ޖަމާވެ ހަޅުތާލު ހަދާ ހިސާބަށް ދިއުމުން ޒާޖީގެ ބައްޕަ އިސްމާއީލް ޝުޖާއު ވަނީ ކާރު ގަންނަން ފައިސާ ދެއްކި ފަރާތްތަކާ ބައްދަލުކޮށް ބައެއް މީހުންނަށް ސިޓީއެއް ހަވާލުކޮށްފައެވެ. އެ ސިޓީގައި ލިޔެފައި ވަނީ ޒާޖީގެ ބަލި ހާލަތު ހުރިގޮތުން އެ ފައިސާ އަނބުރާ ދޭނީ ޒާޒީގެ ބައްޕަ ކަމަށެވެ. އަދި 5 ނޮވެމްބަރު 2024 ވަނަ ދުވަހުގެ ކުރިން ފައިސާ ދެއްކި މީހުންނަށް އަނބުރާ ދައްކައި ޚަލާސްކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ނަމަވެސް މަދު ބަޔަކަށް އަދި ދީފައިވަނީ އެ ފައިސާގެ ކުޑަ މިންވަރެކެވެ. އަދި ޗާނދަނީ ޝުޖާއު މަސައްކަތްކުރަނީ ގޭންގް ކުދިން ބޭނުންކޮށްގެން ބިރުދައްކައިގެން މީހުން މައިތިރިކުރާށެވެ. އެހެން ނަމަވެސް، ބައެއް ގޭންގްތަކަށް ނިސްބަތްވާ މީހުންނަށް ވެސް ޖާޒީ ވަނީ ލަނޑުދީފައެވެ.

މި ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ، ”އަޅުގަނޑަށް ދީފައި ވަނީ ފައިސާގެ ވަރަށް ކުޑަ މިންވަރެއް. ފުލުހުން ވެސް މި ފައިސާ ހޯދައިދޭން އެއްވެސް މަސައްކަތެއް ނުކުރޭ. އަޅުގަނޑަށް ލިބުނު ކިހާ ބޮޑު ގެއްލުމެއްތޯ“ އެވެ. ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އޭނާ ބުނީ ދިވެހި ފުލުހުންނަނީ މޮޅު މީހުންނަށް މޮޅުގޮތް، ދެރަ މީހުންނަށް ދެރަގޮތް ހަދާ އެއްވެސް އިންސާފެއް، ހަމައެއް ލަމައެއް ނެތް ބަޔަކު ކާންބޯން ކުރާ މަސައްކަތެއް ކަމަށެވެ.

ކާރު ގަތުމަށްޓަކައި މީހުން ފައިސާ ޖަމާކޮށްފައިވަނީ ޒާޖީ އިސްމާއީލް ހިންގާ މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކުންފުނީގެ އެކައުންޓަށެވެ. ޒާޖީ ވަނީ ފައިސާ ނެގުމަށްފަހު 70 ވަރަކަށް މީހުންނަށް ލަނޑުދީފައެވެ. އަދި އެ މީހުންނަށް އެއީ ސްކޭމެއްކަން އެނގުނީ ވެސް މިދިޔަ އަހަރުގެ ތެރޭގައި ނޫސްތަކުގައި އެވާހަކަތައް ލިޔަން ފެށުމުންނެވެ.

އެ މީހުން ބުނީ އެ ފައިސާ އަނބުރާ ހޯދައިދިނުމަށް ފުލުހުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި ޒާޖީ މެލޭޝިޔާއަށް ގޮސް ފިލާލަފައިވާއިރު، އޭނާ އަނބުރާ ރާއްޖެ ގެނެސް، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް މި ސްކޭމްގައި ޖެހިފައިވާ ބައެއް މީހުން މި ނޫހަށް ކިޔައިދީފައި ވެއެވެ. އަދި ބައެއް މީހުން ކިޔައިދިން ގޮތުގައި އެ މީހުން ކާރު ގަންނަން އެޑްވާންސްކޮށް ފައިސާ ދެއްކީ ބޭންކުން ލޯނު ނަގައިގެން ކަމަށް ވާތީ، މިހާރު ލިބޭހާ އެއްޗެއް ދައްކަންޖެހެނީ ބޭންކަށް ކަމަށް އެމީހުން ބުނެއެވެ.

3 Replies to “ކާރު ގެނެސްދިނުމުގެ ނަމުގައި މީހުންގެ އަތުން އޮޅުވާލައިގެން 50 މިލިޔަން ރުފިޔާ ނަގައިގެން ފިލި ޒާޖީ އަދިވެސް ނުފެނޭ.”

  1. PoliceMv

    ފުލުސް އޮފީހުގައި ވެސް އެބަ ތިބި އެ ފައިސާއިން ރާހަތްކުރި މީހުން.

  2. ސުޖާ

    މަށަކީ ތިޔަ ދަލުގަ ޖެހުނު މީހެއް. ކާރު ގަންނަން ލާރި ދިނީ އަދިވެސް ނުދޭ ލާރިއެއް. އެްފަހަރާ ދިނަސް އެ އިން ލޯން ނުދެއްކޭނެ. ޗާންދަނީގޭ ތަަލަ ބަޅު ހޭ އަރުވާލާނަން އާޙިރަތް ދުވަހުން.

  3. ޒާޖީ ބަފާ

    އެ ތަލަބަޅު މުސްކުޅިވެފާ ހުރި އިރުވެސް މީހުންނަށް ބަރު ދައްކަން އުޅެނީ މަރުނުވާނެ ކަމަށް

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟