މެއި މަހުގެ ކަރަންޓް ބިލު ބޮޑުކަމަށް ފެންނަނީ ރައްޔިތުން ބަލާގޮތުން – ސްޓެލްކޯ

މިލައުތުރު | 4 ޖޫން 2025 | ވިޔަފާރި
1

ކަރަންޓު ބިލު ބޮޑު ކަމަށް ފެންނަނީ ޑިސްކައުންޓް ދީފައިވާ ބިލްތަކާ އެއްކޮށް ބަލާތީ ކަމަށް ސްޓެލްކޯއިން ބުނެއްޖެއެވެ.

މީހުން ދިރިއުޅޭ ގޭގޭ ކަރަންޓު ބިލުގެ ޓެރިފް ރޭޓް ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިކަން އިއުލާން ކުރެއްވީ މިދިޔަ މެއި 30 ވަނަ ދުވަހުގައެވެ. އަދި އެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށް ކަމަށް ސްޓެލްކޯއިން ބުނެފައިވަނިކޮށް ދެން ފެންނަން ފެށީ ޝަކުވާތަކެވެ.

Advertisement
Advertisement

ސްޓްލެކޯއިން ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ރަށްތަކުގެ ގޭބިސީތަކަށް އަގު ހެޔޮކުރި ކަރަންޓު ބިލްތައް އިއްޔެ ފޮނުވަން ފެށުމާއެކު ބައެއް މީހުން އުދުހެން ފެށިއިރު، އަނެއްބައި މީހުންގެ ހުޅުގަނޑު ފަޅައިގެން ދިޔައެވެ. އަދި ކަރަންޓު ބިލު ކުޑަނުވާކަމަށް ބުނެ އޭތި މީތި ގޮވާން ފެށުމުން ސްޓެލްކޯ އިން މިވަނީ ޖަވާބުދީފައެވެ. ކަރަންޓު ބިލު ބޮޑުކަމަށް ފެންނަނީ ރައްޔިތުން ބަލާގޮތުންނެވެ.

އަދި އިތުރަށް ބުނެފައިވަނީ ކުރިން ޑިސްކައުންޓު ދިން ބިލުތަކާ ފާއިތުވި މެއި މަހުގެ ބިލު އަޅާކިޔާނަމައީ ބިލަށް ހެޔޮ ބަދަލެއް އައިކަމަށް ޤަބޫލުކުރަން ދަތިވެދާނެ ކަމަށެވެ. އެެހެންކަމުން ކަރަންޓު ބިލާ މެދު ރައްޔިތުން ދެކޭގޮތް ބަދަލުކުރާން އެބަ ޖެހެއެވެ. އޭރުން އޮޅުމެއް ނެތި ހުރިހާ ކަމެއް ވެސް ބަރާބަރު ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ސ ސަތޯގެ
2023އަހަރުކުރީބިލްތައްބަލާފަމިވެރިކައައިފަހުންނެބިލްތައްބޮޑުވެގެންމިއުޅެނީ