މިލައުތުރު 2025: މިލަންދޫ ސަޕޯޓަރުން ފައިނަލް މެޗަށް ވާ ތައްޔާރީ.

މިލައުތުރު | 21 އޮކްޓޯބަރ 2025 | ކުޅިވަރު

މިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި މިލަންދޫ އެސްސީގެ ސަޕޯޓަރުން ފައިނަލް މެޗަށް ތައްޔާރުވުމުގެ ހަރަކަތްތައް ކުރިއަށް ގެންދާތާ ދެ ދުވަސް ވެއްޖެ އެވެ.

Advertisement

ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 21 އޮކްޓޯބަރު 2025 ގައި ކަނޑިތީމު ފުޓްސަލް ސްޓޭޑިއަމުގައެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ. ފައިނަލް މެޗުގައި ބައްދަލުކުރާނީ މިލަންދޫ އާއި ކަނޑިތީމެވެ.

މިލަންދޫން ތައްޔާރުވަމުން ދަނީ މިލައުތުރުގެ ތަށި ރަށަަށް ގެނައުމަށްޓަކައެވެ. އެމީހުންނަކީ މެދުކެނޑުމެއް ނެތި ފުޓްސަލް ޕްރެކްޓިސް ކުރަމުންދާ ބައެކެވެ. އަދި އާދަޔާ ޚިލާފު މޮޅު ކުޅުންތެރިންތަކެއް ފުޓްސަލްގެ މައިދާނަށް ނެރެފައިވާ ކުޅިވަރުގެ ރޫހާ ފޯރި ގަދަ ބައެކެވެ. އެމީހުން ބުނަނީ މިއީ މާކޯ ބަދަވީންގެ ފަހަރު ކަމުގައެވެ.

މިލަންދޫގެ ސަޕޯޓަރުން ބެރު ދުންމާރި ތާޅަފިލި ތައްޔާރުކޮށް، ސަޕޯޓަރުންގެ ފޯރި އިތުރުކުރުމުގެ ކެމްޕެއިންތައް ރަށު ފެންވަރުގައި ހިންގަމުން ގެންދެއެވެ. ސަޕޯޓަރުން އުފުލުމަށްޓަކައި އަތޮޅުގެ އެންމެ ބޮޑެތި ފެރީ ލޯންޗުތައް މިހާރު ވަނީ ޗާޓަރުކޮށް ހެޔޮ އަގުގައި ޓިކެޓް ލިބޭނެގޮތް ހަމަޖައްސާފައެވެ.

މިއީ މިލަންދޫއަށް ފުރުސަތު ބޮޑު ފަހަރެކެވެ. އެހެންކަމުން މުބާރާތް ކާމިޔާބު ކުރުމަށްޓަކައި އެމީހުން އެންމެ ފަހު ހަކަތަކޮޅު ވެސް މިފަހަރު ބޭނުން ކުރާނެއެވެ. އަނެއްކޮޅުން މުބާރާތް ހޯސްޓުކުރާ ކަނޑިތީމަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމެވެ. އެހެންކަމުން ޗެމްޕިއަންކަން ޑިފެންޑު ކުރުމަށް އެމީހުން ވެސް ވަރަށް މަސައްކަތް ކުރާނެއެވެ. ބެލެވޭ ގޮތުގައި މިއަހަރުގެ މިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ވެގެންދާނީ ބޮޑު މެޗަކަށެވެ.

އަންދާޒާ ކުރެވޭ ގޮތުގައި 2000 އެއްހާ މީހުން ފައިނަލް މެޗު ބެލުމަށްޓަކައި ކަނޑިތީމަށް އަރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.