ދިވެހީންގެ ރައީސް އާއި ފީފާގެ ރައީސްގެ ކުރިމަތިލުމެއް މާދަމާ ހަވީރު ގަލޮޅު ދަނޑުގައި.

މިލައުތުރު | 23 އޮކްޓޯބަރ 2025 | ކުޅިވަރު

ފީފާގެ ރައީސް އިންފަންޓީނޯ މާދަމާ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު މާދަމާ ހަވީރު ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުއްވާގޮތަށް ހަމަޖެހިއްޖެ އެވެ.

ދިގު 19 އަހަރަށް ފަހު ފީފާގެ އެންމެ އިސް ވެރިޔަކު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުގައި މާދަމާ ހެނދުނު ވަޑައިގެން ރައީސް ޑރ. މުޢިއްޒުއާ ބައްދަލުކުރައްވާނެ އެވެ. އެފްއޭއެމުން ބުނީ މި ބައްދަލުވުމުގައި ދެ ބޭފުޅުން ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުވުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ އެވެ.

Advertisement

މާދަމާގެ ހާއްސަ ފުޓްބޯޅަ މެޗު އޮންނާނީ އިންފަންޓީނޯގެ ޝަރަފުގައި މާދަމާ ހަވީރު  16:00 – 18:00 އަށް ގަލޮޅު ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގްޒިބިޝަންގެ ހަވާސާގައެވެ. މި އިވެންޓުގައި ޓީމުތަކާއި ޔޫތު އެކަޑަމީތަކުގެ ޓީމުތައް ވެސް ބައިވެރި ވާނެއެވެ.

ލަފާކުރެވޭ ގޮތުގައި މާދަމާ ހަވީރުގެ މެޗަށް ގަލޮޅު ދަނޑު އެއްކޮށް ފުރޭނެ އެވެެ. ދެ ރައީސުންގެ ކުރިމަތިލުން ބަލާލުމަށްޓަކައި ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަން ވަންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.