އައްޑޫގެ ޝަންގްރިއްލާ ރިސޯޓަށް މުވައްޒަފުން ނަގަނީ

ޝާން މުޙައްމަދު | 28 އޮކްޓޯބަރ 2025 | ޚަބަރު

އައްޑޫ ސިޓީގެ ރިސޯޓެއް ކަމަށްވާ ޝަންގްރިއްލާ ރިސޯޓަށް މުވައްޒަފުން ނަގައި އެ ރިސޯޓު ފެށުމަށް ނިންމައިފި އެވެ.

މިއަދު ޝަންގްރިއްލާގެ ޖެނެރަލް މެނޭޖަރު ހަވޭ ޑޫބޮސްކް ވަނީ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ޝަންގްރިއްލާ ހުޅުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އައްޑޫ ކައުންސިލާއި ވަނީ ހިއްސާކުރައްވާފަ އެވެ. އަދި ޝަންގްރިއްލާ އަށް މުވައްޒަފުން ނެގުމުގެ މަރުހަލާ އަންނަ މަހުގެ އެކަކުން ފެށިގެން އައްޑޫގެ އެކި އަވަށްތަކުގައި ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް މި ބައްދަލުވުމުގައި ޝަންގްރިއްލާގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

Advertisement
Advertisement

އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ ރިސޯޓް ބަންދުކުރީ ކޮވިޑްގެ ވަބާގެ ތެރޭގައި 2020 ގެ މާޗް މަހުގެ ތެރޭގަ އެވެ. އެ ރިސޯޓަކީ އައްޑޫގެ ގިނަ އަދަދެއްގެ ބަޔަކު ވަޒީފާ އަދާކުރަމުން ދިޔަ ރިސޯޓެއްކަން ފާހަގަ ކުރެވެއެވެ. އެ ރިސޯޓު ބަންދުކުރުމާއެކު އެ ހުރިހާ މުވައްޒަފުންގެ ވަޒީފާ ގެއްލުނުކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.