އައްޑޫ ރިފަރެންޑަމްގެ ވަގުތީ ނަތީޖާ ދައްކާގޮތުން ފޭދޫގެ ރައްޔިތުން ނިންނީ ސިޓީ ކައުންސިލުން ވަކި ނުވާށެވެ. އެހެންކަމުން އައިބީ އާއި މިނިސްޓަރ އިހުސާނަށް މިއަދު ލިބުނީ ސިޔާސީ ގޮތުން ޔޫ ރިޕޯޓެއް ކަމަށް މީހުން ބުނެއެވެ.
ފޭދޫގެ ނަތީޖާއަށް ބަލާއިރު، ވަކި ކައުންސިލް ހަދަން ފެންނަ ކަމަށް ވޯޓުދިނީ 615 މީހުންނެވެ. އެހެން ނަމަވެސް ނުފެންނަ ކަމަށް 1،782 މީހުން ވޯޓުދީފައި ވެއެވެ.
ދެން ހުރި ރަށްތަކުގެ ނަތީޖާތަކަށް ބަލާއިރު، ވަކި ކައުންސިލް ހަދަން ފެންނަ މީހުން ވަނީ އަޣުލަބިއްޔަތު ހޯދާފައެވެ.
ހުޅުދޫ:
ވަކި ކައުންސިލް ހަދަން ފެންނަ: 720 ވޯޓް
ނުފެންނަ: 325 ވޯޓް
މީދޫ:
ވަކި ކައުންސިލް ހަދަން ފެންނަ: 841 ވޯޓް
ނުފެންނަ: 144 ވޯޓް
ކިޔުންތެރިންގެ ހިޔާލު