އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދަނީ

ޝާން މުޙައްމަދު | 23 އޮކްޓޯބަރ 2025 | ޚަބަރު

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން މިހެން ބުނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ ކަރަންޓާ ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން އެ ކުންފުނިން ބުނީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މިހާރު މަޝްވަރާކުރެވެމުންދާ ކަމަށެވެ.

Advertisement
Advertisement

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ފެނަކައިން މީގެ ކުރިންވެސް ވަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބަޔަކާ ހަވާލުކޮށްފައެވެ. ނަމަވެސް އޭގެ އެއްވެސް ނަތީޖާއެއް އަދި ނުފެންނަކަން ފާހަގަ ކުރެވެއެވެ.

އާބާދީ ބޮޑު އައްޑޫގެ އެކި ހިސާބުތަކުން މިހާރުވެސް ކަރަންޓުކަނޑަމުންދާކަން ފާހަގަ ކުރެވެއެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދު އަށް ކަރަންޓް ދެނީ މަރުކަޒީ އިންޖީނުގެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.