ދިވެހިރާއްޖޭގެ އިސްލާމީ ވަޤްފު ފަންޑަށް އަހަރަކު 10 މިލިޔަން ރުފިޔާގެ ލިބޭ ވަރުގެ ވަޤްފު އިމާރާތެއް ބިނާކުރައްވަން ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ބަޔާންކުރައްވާފައިވާ ގޮތުން މިއީ ރާއްޖޭގައި ބިނާކުރެވޭ ދެވަނަ ޒަމާނީ ވަޤްފު ބިނާއެވެ. އަދި މާލެ ގައި ބިނާކުރާ މި “ދާރުލްއަރްޤަމް” އިމާރާތުގެ އަމަލީ މަސައްކަތްފެށުމުގެ އެއްބަސްވުމުގައި 26 އޮކްޓޯބަރ 2025 ގައި ސޮއިކުރައްވާނެ ކަމަށެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވެފައިވާ ގޮތުން މި ވަޤްފު ބިނާއިން އަހަރަކު 10 މިލިއަން ރުފިޔާ އިސްލާމީ ވަޤްފު ފަންޑަށް ލިބޭނެ ކަމަށެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި އިސްލާމީ ކަންކަން ކުރުމަށާއި، ފަޤްފު ފަންޑެއް ދިރުވާ އާލާކުރަން އޮތް އެންމެ ޒަމާނީ ގޮތްމުގައެވެ.


ކިޔުންތެރިންގެ ހިޔާލު