ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުރިހާ ވަޒީފާތަކެއް ހަމަޖެއްސެވި ޒަމާނުގައިއޮތް އިތުބާރާ ޔަޤީންކަން މިހާރު ނެތްކަމަށް މީހުން ބުނަން ފަށައިފި އެވެ. އަދި މުސްތަޤިއްލުވުމުން މުވައްޒަފުންނަށް ލިބުނު އިތުރު ރައްކާތެރިކަމެއް ނުވަތަ މޮޅެއް ވެސް ނެތްކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ޤާނޫނީ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަނީ ސަރުކާރުތަކުގެ ގޮނޑިކޮއްކޮގެ ދައުރު ގާނޫނުގެ ތެރެއިންނާއި ބޭރުންވެސް ކުރަމުން ގެންދާތަނެވެ. ގާނޫނާ ޚިލާފަށް ވަޒީފާތައް ދީ އަދި ވަކިކުރަމުން ގެންދާތަނެވެ. އޮޑިޓަރ ޖެނެރަލް ވަނީ އެކަން ތިލަކޮށްދެއްވާފައެވެ. ގާނޫނާ ހިލާފަށް ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ބައިވެރިވާ ފަރާތްތަކާއި އަދި ވަޒީފާގެ މައްސަލަތައް ކޯޓުތަކުގައި އިސްތިއުނާފް ކުރުމުގައި އިހުމާލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ހުސައިން ނިޔާޒީ ވަނީ އަންގަވާފައެވެ.
މިދިޔަ ހަފުތާގައި ނެރުއްވި ސިވިލް ސާވިސް ކޮމިޝަންގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2022 ވަނަ އަހަރު ވަޒީފާގެ އެކި މައްސަލަތަކުގައި 1.4 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޭން ޖެހިފައިވެއެވެ. އަދި ބައެއް މައްސަލަތައް އިސްތިއުނާފް ނުކުރެވި، ބަދަލު ދޭން ޖެހުނީ ކޮމިޝަންގެ އިހުމާލުން ކަމަށާއި ގާނޫނާ ހިލާފަށް މީހުން ވަކިކުރުމުގައި ބައިވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅިފައި ވެސް ނެތްކަމަށެވެ.
އަދި ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމުން ބަދަލު ދޭންޖެހޭ ހާލަތްތަކުގައި ޕެންޝަނަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ހިސާބުކޮށް، ދައްކާފައި ނުވާކަމަށާއި، އެ ފައިސާ ވެސް ހޯދުމަށް ފަހު ފެންޝަން އޮފީހަށް ދެއްކުމަށް އަންގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު