އައްޑޫ ހުޅުދޫ އާއި މީދޫ އަދި ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް ނަގާ އާންމު އިންތިޚާބުގެ ވޯޓުގައި 72 ޕަސެންޓު މީހުން ވެސް ވޯޓުލާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ހަތަރެއް ޖެހުމާ ގާތަށް ދިޔަ އިރުވެސް ތިން ރަށުން ވޯޓު ލާފައި ވަނީ 3،410 މީހެކެވެ. އަދި 6،116 މީހަކު ވޯޓު ނުލާ ކަމަށާއި އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 64.39 ޕަސެންޓް ކަމަށެވެ.
އެންމެ އާބާދީ ބޮޑު ފޭދޫގައި ބަހައްޓާފައި ހުރި ފޮށިތަކަށް މިހާތަނަށް ވޯޓުލާފައި ވަނީ ގާތްގަނޑަކަށް 500 ވަރަކަށް މީހުން ކަަމަށް މަޢުލޫތު ލިބެއެވެ. މި ވޯޓުގެ އެންމެ ފޯރިގަދަ ހުޅުދޫ އާއި މީދޫގައި ވެސް ވޯޓުލާން ނިކުތް ނިސްބަތް ފެންނަނީ ވަރަށް ދަށް ކޮށެވެ.


ކިޔުންތެރިންގެ ހިޔާލު