އުސްތާޛް ޒަކީ

ހަމާސް ނައްތާލުމުގެ ނަމުގައި ހިންގާ އުދުވާނުގައި މިހާތަނަށް އިޒްރޭލްގެ 10،000 ސިފައިން ޣައްޒާގައި މަރުވެއްޖެ.

2023 ވަަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 10،000 އަށް ވުރެ ގިނަ އިޒްރޭލް ސިފައިން ޣައްޒާގައި މަރުވެއްޖެ ކަމަށް އިޒްރޭލްގެ ކުރީގެ ސިފައިންގެ އިސް އޮފިސަރަކު އެޤައުމުގެ ދުވަހު ނޫހަކަށް ދިން ބަސްދީގަތުމެއްގައި ކަށަވަރުކޮށްދީފިއެވެ.

އޭނާ އިތުރަށް ބުނީ ހަނގުރާމައިގާ ބައިވެރިވާން ތިބި ސިފައިން ވަރަށް މަދުކަމަށާއި، އިތުރަށް ދިގުލައިގެންދާ ނަމަ ކުރިމަތިވާނީ ބޮޑެތި ގޮންޖެހުންތަކެއް ކަމަށާއި، ޣައްޒާ އެއްކޮށް ނައްތާލިޔަސް ހަމާސް ބަލިނުކުރެވޭނެ ކަމަށެވެ. އަދި އެމީހުން އެކުރާ ހަނގުރާމައަކީ އައިޑީއެފް ދަންނަ ކަމެއް ނޫން ކަމަށާއި، އިތުރު ގެއްލުންތައް ދެފަރާތައް ވެސް ލިބުމުގެ ބަދަލުގައި ޙަމަލާތައް ހުއްޓާލުން ބުއްދިވެރި ގޮތެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ.

އިޒްރޭލްގެ ޑިފެންސް މިނިސްޓްރީން ރަސްމީކޮށް ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ޣައްޒާ ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން މަރުވީ 861 މީހުންނެވެ. އަދި އެކިވަރުގެ ޒަޚަމްތައް އަނބުރާ ގެންދިޔައީ 5،921 މީހުން ކަމަށެވެ. ނަމަވެސް، ޚަބަރުތައް ބުނާގޮތުގައި މިއީ ރައްޔިތުންގެ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ބަދަލުކުރުމަށް ފަހު އާންމުކޮށްފައިވާ އަދަދުތަކެކެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟