ޔަހޫދީންނަކީ ދެ މޫނުގެ އަހުލުވެރިން ކަމުގައި ބުނެވޭ ސަބަބަކީ އެމީހުން ބުނާ އެއްޗަކާ އަމަލުތައް ދިމާނުވާ ކަމެވެ. ޣައްޒާއަށް އަރައިގަތީ ހަމާސް ޖަމާޢަތުގެ ހަނގުރާމަވެރިންގެ ބަންދުގައި ތިބި އަސީރުން މިނިވަންކުރުން ކަމުގައި ބުނި ނަމަވެސް ޙަޤީޤަތުގައި އެއީ ދުނިޔެއަށް ދައްކާ ސަބަބެއް ކަމަށް ބުނެ އިނގިރޭސި ވިލާތުން ވަރަށް ބޮޑަށް އިޒްރޭލަށް ފާޑުކިޔައިފިއެވެ.
އިޒްރޭލުން ޣައްޒާގެ މުޖާހިދުންނާ ދެކޮޅަށް ހިންގާ ޢުދުވާނުތަކަކީ ވެސްޓް ބޭންކްގައި ޔަހޫދީން ވަޒަންވެރިކުރުމަށް ހިންގާ ކެމްޕެއިނެކެވެ. އެމީހުންގެ އެންމެ ބޮޑު މަޤުސަދަކީ ޣައްޒާގެ ރައްޔިތުން ވެސް ބޭރުކޮށްލުމަށް ފަހު، ޔަހޫދީން ވަޒަންވެރި ކުރުމެވެ. އަސްކަރީ ހަރަކާތަކާ އެއްވަރެއްގައި މީހުން ވަޒަންވެރިކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާކަމީ މުޅި ދުނިޔެ ދަންނާނެ ޙަޤީޤަތެކެވެ.
އެންމެ ފަހުން މީޑިޔާއަށް ތިލަވި މަޢުލޫމާތުތަކުން ހާމަވާގޮތުގައި ވެސްޓް ބޭންކްގައި 22 ގެދޮރު ބިނާކުރުމާއެކު ޔަހޫދީ އާއިލާތަކެއް ވަޒަންވެރިކުރުމުގެ މަސައްކަތް ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ. އެންމެ ހަނގުރާމަ ބާރު އިރުގައި ވެސް ޔަހޫދީން ވަޒަންވެރިކުރުމުގެ މަޝްރޫޢަށް ކުޑަވެސް މަޑުޖެހިލުމެއް ނާދެއެވެ. އެހެންކަމުން އެމީހުންގެ އަސްލު މަޤުޞަދަކީ ހަމާސް ނައްތާލުން ނޫންކަމާއި، ފަލަސްޠީނުގެ ބިންކޮޅު ފޭރިގަތުންކަން ސާފުނޫންތޯއެވެ.