މިލައުތުރު

މާފަރުން ފެނުނީ ކިނބުލެއް!

މާފަރު އެއަރުޕޯޓް ސަރަޙައްދުގެ ހޭޅިފަށުން މިނިކާވަގެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިގެން ދިފާޢީ ބާރުތަކުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަން ގައި އެއްވެސް އެއްޗެއް ފެނިފައި ނުވާތީ އެއީ މިނިކާ ޖަނަވާރެއް ފަދަ އެއްޗެއް ނޫންކަމަށް ވަނީ ނިންމަވާފައެވެ. އިއްޔެ މެންދުރު ފަހުން ފެށިގެން މިއަދުގެ ފެންދުރު ފަހުގެ ވަގުތާ ޖެހެންދެން މާފަރުގައި ހަމަ އަށް ފުންކޮށް ނޭވާއެއް ލެވުނު މީހަކު ނެތްކަމަށް ވެއެވެ. މުޅި ރަށުތެރޭގައި އޮތީ ބިރުވެރިކަމާއި، ނާމާންކަން ފެތުރިފައެވެ. ކުޑަ ކުއްޖަކު ރޯލާ އަޑު ވެސް ނީވޭތާ ބަދިގެ އަކުން ފިޔަނެއް ތަޅުވާލާ އަޑު ވެސް ނީވެއެވެ. އެހެން ވާނެ ތާއެވެ. މިނިކާ ވަގަކީ ރާއްޖޭގައި އުޅޭ އެއްޗެއް ވެސް ނޫނެވެ. ކުއްލިއަކަށް އެރަށުގައި މަސައްކަތްކުރާ ބީދޭސީއެއްގެ ފޯނަށް އެރީ މިނިކާ ވަގެކެވެ. އެހިސާބުން މުޅި ރަށާއި އަތޮޅު ވެސް ހާސްކަމެއްގެ ތެރެއަށް ވެއްޓުނީއެވެ. އެހެނީ އޭތި ފަތާފައި ގޮސް ކައިރިފަށުގައި އޮތް އެހެން ރަށަކަށް ވެސް އަރާފާނެތީއެވެ.

މިނިކާވަގު އޮތީ ބިދޭސީ މަސައްކަތު މީހާގެ ފޯނުގައެވެ. އިތުރު އެހެން މީހެއްގެ ފޯނަށް ވެސް މިނިކާވަގު އަރާފައެއް ނުވެއެވެ. ދިވެހިރާއްޖޭގެ ދިފާޢީ ބާރުތަކުގައި ހުރި ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އެ ވީޑިއޯ ތަޙުލީލުކޮށް، އެއީ މިނިކާވަގެއްތޯ ނުވަތަ ކިނބުލެއްތޯ ޔަޤީންކުރެވޭނެ ގޮތެއް ނުވިއެވެ.