ޝާން މުޙައްމަދު

ޓިކްޓޮކް ލައިވްތަކުގައި ކުޑަކުދިން ނީލަންކިޔާ ހިސާބަށް ދަނީ…

މީސް މީޑީއާގެ މަޝްހޫރު ޕްލެޓްފޯމެއް ކަމަށްވާ، ޓިކްޓޮކްގައި ކުޑަ ކުއްޖަކު ވިއްކާލަން އިއުލާންކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މި ހާދިސާއާއި ގުޅިގެން މިއަދު ފުލުހުން ބުނީ އެ ކުއްޖާ ވިއްކާލަން އިއުލާންކުރީ ޓިކްޓޮކް ލައިވްއެއްގައި ކަަމަށެވެ. އެގޮތުން އެ ލައިވްގައި 13 އަހަރުގެ އަންހެން ކުއްޖެއްގެ ފޮޓޯ ދައްކައި، އެ ކުއްޖާއާ ގުޅޭގޮތުން ހަޑިހުތުރު ވާހަކަދައްކައި، އެ ކުއްޖާގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަަމަލެއް ހިންގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކަމަށެވެ. ނަމަވެސް ފުުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް އެ މީހާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟