މިލައުތުރު

އެތަކެއް މުވައްޒަފުންގެ ޙައްޤުތައް ނިގުޅައިގެން ކަމަށް ތުހުމަތުކުރެވޭ ނަފްއަތު ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރިމަތިލައްވައިފި.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ބޯޑުގައި ހުންނަވައިގެން އެތަކެއް މުވައްޒަފުންގެ ޙައްޤުތައް ނިގުޅައިގަތް ކަމަށް ތުހުމަތުކުރެވޭ ނަފްއަތު އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލައްވައިފި އެވެ.

ސިޔާސީ ސަބަބުތަކަށްޓަކައި މުވައްޒަފުން އެކަހެރިކޮށް، އަރުވާލައި، ވަޒީފާއިން ވަކިކޮށް ހެދުމުގައި އެންމެ ބޮޑު ދައުރެއްް އަދާކުރެއްވީ ނަފްއަތު އަބްދުލްވައްހާބް ކަމަށް އެގްރޯނެޓުން ތަފާތު އަނިޔާތައް ލިބިފައިވާ ފަރާތްތަކުން ބުނެއެވެ. ބައެއް މީހުން ބުނިގޮތުގައި، މުވައްޒަފަކަށް ކިތަންމެ ބޮޑު ފުރައްސާރައެއް ޖެއްސުމެއް ކޮށްގެން ގުޅިޔަސް، މެސެޖު ކުރިޔަސް ބަލައިވެސް ނުލާނެ ކަމަށާއި، ބަލާނީ ވީހާވެސް އަވަހަކަށް އެމީހަކު ކަނޑާލެވޭތޯ ކަމަށެވެ.

ހިއުމަށް ރައިޓްސް ކޮމިޝަނަށް އައްޔަނުކުރަން ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ތިން ނަމުގެ ތެރޭގައި އައްޑޫ ހުޅުދޫ، ސީބްރީޒް، މަގްސޫމްގެ އިތުރުން ދެން ހިމެނެނީ ހ. ގުރުސް، އަމީރާ ނައީމް އަދި ދަފްތަރު ނަންބަރު ދރ 72، ފާތިމަތު ނަފްއަތު އަބްދުލްވައްހާބް އެވެ.

6 Replies to “އެތަކެއް މުވައްޒަފުންގެ ޙައްޤުތައް ނިގުޅައިގެން ކަމަށް ތުހުމަތުކުރެވޭ ނަފްއަތު ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރިމަތިލައްވައިފި.”

  1. މަރީ

    މި އާޓިކަލް ލިޔަން ކިތައް ރުފިޔާ ލިބުނު؟

  2. އަބްދޯ

    ތިޔަ ނައްފަތުގެ އަނިޔާވެރިކަން ލިބުނު މީހުން ވަރަށް ގިނަ. މަޑުން ހުންނަ ނުބައި މީހެއް.

  3. ނަޝާތު

    އެގްރޯނެޓް ހަލާކުކޮށްލާފައި ބަޗަނީ. އަހަރެމެން މިތިބީ ބަލަން މަންޖެ ތިޔަ ޖަހާ ސަކަރާތް.

  4. ކާށިދޫ ސޮރު

    ކާށިދޫއަށް ނާންނާތި ފަންތޮށިން މަރުހަބާއެއް ކިޔާނީ.

  5. GALHI

    ފައްކާ ބަޅެއް

  6. ހުސްދީ

    ބޮޑު ކޮހެއްތީ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟