ށ. ފުނަދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމަކީ 2013 އަދި 2018 ގައި އުފެދުނު ސަރުކާރުގެ ވެސް ނުފުއްދިފައިވާ ރިޔާސީ ވަޢުދެކެވެ. އަދި މިހާރުގެ ސަރުކާރުގެ ވެސް ވަޢުދެކެވެ. އަދި މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
މިހާރު ކުރަމުންގެންދަނީ ހިލަ ބޭލުމަށް ބޭނުންވާ ބެޑް ތައްޔާރުކުރުމުގެ މަސައްކަތެވެ. ފުނަދޫގެ ރައްޔިތުން މިކަމުގެ އުފާފާޅުކުރަމުން ގެންދާއިރު، ދާއިރާގެ މަޖިލިސް މެންބަރު އެމްޕީ މަންޑޭ ވިދާޅުވަނީ މިއީ އެތައް ވެރިކަމެއް ނިމިގެންދިޔަ އިރު، އެއްވެސް ވަރަކަށް އަޅާލާފައި ނުވާ ބޮޑު އަދި އެހާމެ މުހިންމު މައްސަލައެކެވެ.
މަންޑޭ އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2023 ގެ ރިޔާސީ ކެމްޕެއިންގެ ވަޢުދުފުޅާއި އެއްގޮތަށް، ވެރިކަމުގެ ކުރީކޮޅު، މިބޮޑު މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދެއްވައި، މިހާރު މިވަނީ މިމައްސަލަ ހައްލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތްތައް ފައްޓަވައިދެއްވާފައި ކަމަށެވެ.