ނޫސްވެރިކަމާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންޓްރޯލު ކުރުމަށް ސަރުކާރުން ބަޖިލީހަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފިއެވެ.
މިކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެއްވި ނޫސްވެރިންގެ މައްޗަށް ފުލުހުން ބާރުގެ ބޭނުންކޮށް، އަނިޔާކޮށް، ދުރަށް ޖައްސާ އެއްވުން ރޫޅާލައިފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި ނޫސްވެރިންނަށް ލިބޭ އެންމެ ބޮޑު ގެއްލުން ކަމުގައި ނޫސްވެރިން ގެންދަނީ ބުނަމުންނެވެ.
މިއީ އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވާ ބަހާއި ޢަމަލާ ދިމާނުވާކަމުގެ ބޮޑު ދަލީލެކެވެ. ރައީސް ވިދާޅުވަނީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިނުކުރައްވާނެ ކަމަށާއި، ނޫސްވެރިން ކޮންޓްރޯލް ކުރައްވަން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
އެހެން ނަމަވެސް މީގެ ކުރިން ދުވަހަކު ވެސް މީޑިޔާތައް ފިއްތައިނުލާ މިންވަރަށް، މީޑިޔާތައް ފިއްތާލުމަށްޓަކައި ވަރަށް ޙީލަތްތެރި ބިލެއް މިވަނީ މަޖިލީހަށް ހުށަހަޅާފައެވެ. ބިލު ފަރުމާކޮށްފައިވަނީ ވަކި ވަކި ނޫސްވެރިންނަށް ބޮޑެތި ފިޔަވަޅުތައް އެޅޭގޮތަށް ވާކަމީ ކަންބޮޑުވާ ކަމެކެވެ.