މިލައުތުރު

އިލްޔާސް ލަބީބް ރާއްޖޭގެ ރައީސްކަމަށް ވާދަކުރައްވަނީ

ރާއްޖޭގައި އަލަށް އުފެއްދި ސިޔާސީ ޕާޓީއެއްކަމަށްވާ ދަ ޑިމޮކްރެޓްސް އިން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އެންމެ ފުރަތަމަ ވެސް އިޢުލާންކުރެއްވީ އެމްޕީ އިލްޔާސް ލަބީބެެވެ. ސޯޝަލް މީޑިޔާގައި އެމަނިކުފާނު އެކަން އިޢުލާންކުރެއްވުމުން މެންބަރުންގެ ތަރުޙީބު އުތުރި އަރައިގަތެވެ. އެއީ ދަ ޑިމޮކްރެޓްސް އުފެއްދެވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ވަރަށް އިޚްލާޞްތެރި ބޭފުޅެއްކަމަށާއި، ގިނަ ބަޔެއްގެ ތާޢީދު ލިބޭނެކަމަށެވެ.

އިލްޔާސް ލަބީބް އަކީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ދެބަސްވުންތަކާ ގުޅިގެން އެންމެ ފުރަތަމަ ޕާޓީ ދޫކުރައްވައި ނިކުންނެވި ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ ތެެރެއިން އެއްބޭފުޅެކެވެ. އެބޭފުޅާ އަކީ ރައީސް ނަޝީދަށް އިޚްލާޞްތެރި ބޭފުޅެކެވެ. އެހެންކަމުން އެޕާޓީގެ ޢާންމު މެންބަރުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބޭނެއެވެ. އަދި މިހާތަނަށް އެހެން އެއްވެސް ބޭފުޅަކު ކުރިމަތިލެއްވިކަމެއް އެނގިފައެެއް ނުވެއެވެ.

ދަ ޑިމޮކްރެޓްސް އިން އިޢުލާންކޮށްފައި ވާގޮތުގައި ޕްރައިމަރީގެ ވޯޓުލުން އޮންނާނީ 28 ޖުލައި 2023 ގައެވެ. މިއިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓް މިހާރު ވަނީ ޢާންމުކުރައްވާފައެވެ. އެގޮތުން އެޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ވޯޓްލެވޭނެއެވެ.

© 2023 milauthuru. All rights reserved.