މިލައުތުރު

31 ޖެނުއަރީގެ ޙަރަކާތަށް އަޅުގަނޑުމެން ފުރިހަމައަށް ތައްޔާރު – އެމްޑީޕީ އަންހެނުންގެ ރޫޙު

ދިވެހިރާއްޖޭގައި ވާދަވެރި ސިޔާސީ ޙަރަކާތްތައް ފެށުނު ފަހުން އެންމެ ޙަރަކާތްތެރި އަދި އެންމެ ހިންގުންތެރި އަންހެނުންގެ ރޫހެއް އޮތީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގައިކަމީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ހިތްވަރު ލިބިގެން ސިޔާސީ މައިދާނަށް ނިކުތް އަންހެނުން ނުހަނު ގިނައެެވެ.

31 ޖެނުއަރީ 2025 ގައި އިދިކޮޅު އެމްޑީޕީން ބާއްވަން އުޅޭ ސިޔާސީ ޙަރަކާތުގައި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ފަރާތުން އޮތީ ފުރިހަމައަށް ތައްޔާރުވެފައިކަމަށް ބުނުމުން، އެމީހުންގެ ފަރާތުން ފެންނާނެ އާދަޔާ ޚިލާފު ކަންތައްތައް ދެކިލުމަށް ގިނަ ބަޔަކު ޝައުޤުވެރި ވާނެއެވެ. އެހެނީ އާންމުކޮށް ސިޔާސީ ޕާޓީތަކުން ހިންގާ ޙަރަކާތްތަކާ ތަފާތު ކަންތައްތަކެއް އެމީހުން އީޖާދުކުރާނެއެވެ.

ވޭތުވެދިޔަ ތަނުގައި އެމީހުންގެ ޙަރަކާތްތަކުން އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ އުފެއްދުންތެރި ޚިޔާލުތަކާއެކު ޕުރެޒެންޓުކުރާ ގޮތެވެ. އެއީ ދިދަވާރުންގެ ޙަރަކާތެއް ކަމުގައި ވިޔަސް ނުވަތަ މުނިފޫހިފިލުމުގެ ޙަރަކާތެއްކަމުގައި ވިޔަސް އެ ޙަރަކާތެއް ހުށަހަޅާނީ އަބަދުވެސް ތަފާތު ބޮޑު އުފެއްދުންތެރި ގޮތަކަށެވެ. އެހެންކަމުން 31 ޖެނުއަރީ ގައި ބާއްވާ ސިޔާސީ ބޮޑު އެއްވުމުގައި ހަމަ ޔަޤީނުންވެސް އެމީހުންގެ ފަރާތުން ކޮންމެވެސް އާދަޔާ ޚިލާފު ކަމެއް ފެންނާނެ ކަމަށް ބެލެވެއެވެ.

© 2023 milauthuru. All rights reserved.