ދެ އަހަރާ ބައިން ކުރަހާ ނުނިމުނު ށ. ފޯކައިދޫ އިސްލާމިކް ސެންޓަރު

މިލައުތުރު | 1 އޭޕްރީލް 2026 | ރިޕޯޓު

ށ. ފޯކައިދޫގައި ހުރި އެންމެ ބޮޑު މިސްކިތް ކަމަށްވާ މަސްޖިދުލް އީމާން ތަޅާލީ އެ މިސްކިތް ހުރިތަނުގައި ޒަމާނީ ރީތި އިސްލާމިކް ސެންޓަރެއް ބިނާކޮށްދެއްވާނެ ކަމުގެ ވަޢުދުފުޅާ އެކުގައެވެ.

ގާތްގަނޑަކަށް 300 މީހުންގެ ޖާގައިގެ މިސްކިތް ތަޅާލާފައިވަނީ ވެސް ވަރަށް ރަނގަޅަށް އާބާތުރަފިލުވައި، އިތުރަށް ތަރައްޤީކޮށްފައި ވަނިކޮށެވެ. އެގޮތުން ދޮރުތައް ޒަމާނީކޮށް، ކާޕެޓުއަޅައި، އޭސީކޮށް، ސީލިންގާއި ބޮކިތައް ޒަމާނީކޮށް، މިސްކިތުގެ ގޯތިތެރޭގެ ލޭންޑްސްކޭޕިން ވެސް ޒަމާނީކޮށްފައި ވެއެވެ.

ފޯކައިދޫ ބޮޑު މިސްކިތް ތަޅާލުމަށް ފަހު އެތަން ވަނީ ކޮނެފައެވެ. ފެންގަނޑުގައި މަދިރިފަނި އެޅުމުގެ ސަބަބުން ރަށުތެރޭގައި މަދިރި ގިނަވެ ޑެންގީ ފަދަ ރޯގާތައް ފެތުރުން ވަނީ އާންމު ވެފައެވެ. ރައްޔިތުންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރައްވާ މީހުން ބުނަނީ މައްސަލައަކީ މިސްކިތް ތަޅާލުން ނޫންކަމަށާއި، މައްސަލައަކީ އިސްލާމިކް ސެންޓަރު ބިނާކުރުމުގެ މަސައްކަތް ކުރިއަށް ނުދިއުމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ފޯކައިދޫ ޕީއެންސީން އިޢުލާން ކޮށްފައިވަނީ އިސްލާމިކް ސެންޓަރު ކުރަހާ ނިމިއްޖެ ކަމަށާއި، ބިން ސާފުކުރެވިއްޖެ ކަމަށާއި، ބިން ކޮނެވިއްޖެ ކަމަށާއި، މުވައްޒަފުން ނެގިއްޖެ ކަމަށާއި، ކަޑަޖަހާ ރޯނު ދެމިއްޖެ ކަމަށާއި، އިމާރާތްކުރާނެ ބައެއް ސާމާނު ލިބިއްޖެ ކަމަށެވެ. އަދި މި އިސްލާމިކް ސެންޓަރު ވެގެންދާނީ ފޯކައިދޫގެ ރައްޔިތުން ފަޚުރުވެރިވާނެ ބިނާއެއް ކަމަށެވެ.

އިސްލާމިކް ސެންޓަރު ބިނާކުރުމަށް ކަނޑައަޅާފައިވާ ސައިޓުގައި އެއްވެސް މަސައްކަތެއް އަދިވެސް ނުކުރެއެވެ. އަދި ށ. ފޯކައިދޫގެ ރައްޔިތުންގެ މި ޝަކުވާތައް އަޑުއަހާނެ ފަރާތެއް ވެސް އަދު ނެތްފަދަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.